މާލެ: 31°C

ސައުދީ މެގަޕްރޮޖެކްޓް "ނިއޯމް" އަކީ ކޮބާ؟

ސައުދީ މެގަޕްރޮޖެކްޓް "ނިއޯމް" އަކީ ކޮބާ؟
March 10, 2023
2 ފަހަރު ބަލާފައި
ސައުދީ މެގަޕްރޮޖެކްޓް "ނިއޯމް" އަކީ ކޮބާ؟
ސައުދި އަރަބިއްޔާގެ މެގަޕްރޮޖެކްޓް ކަމަށްވާ "ނިއޯމް" އަކީ މިހާތަނަށް މުޅި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޚިޔާލުތަފާތުވުން ބޮޑު އާކިޓެކްޗަރ ޕްރޮޖެކްޓެވެ. ނިއޯމް އަކީ ކޮބާ؟ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވިގޮތުގައި ގޮތުގައި ނިއޯމް އަކީ ސައުދީއަށް ތަރައްގީ ގެނައުމަށް ފަށާފައިވާ އެންމެ ބޮޑު ޕްރެޖެކްޓް ކަމަށެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއީ ސްމާޓް ސިޓީއެއް ކަމަށްވީ ނަމަވެސް، ވަލީއަހުދު ސިފަކުރައްވާގޮތުގައި މިއީ ގިނަ އަދަދެއްގެ ރަށްތަކާއި ރިސޯޓްތަކާއި އެހެނިހެން ތަރައްޤީތައް ހިމެނޭ ޒަމާނީ ސިޓީއެކެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ ސައުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން ފައިސާ އިންވެސްޓް ކުރާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުންނެވެ. މި ޕްރޮޖެކްޓްގައި ބޮޑަކަށް ހުންނެވީ ސަައުދީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނަދުމީ އަލް ނަޞްރު އެވެ. އެގައުމުގެ ޑިވެލޮޕްމަންޓް ކުންފުނިން ބުނީ ނިއޯމް އުފެއްދުމަށް އުފެއްދި ފަންޑުން އެ ސްކީމަށް 500 ބިލިއަން ޑޮލަރު ލިބުން ކަމަށެވެ. މިއީ އެގައުމުގެ ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އިގްތިސާދު ތަފާތު ކުރުމަށް އެކުލަވާލާފައިވާ ސައުދީ ވިޝަން 2030 ޕްލޭންގެ ބައެކެވެ. ނިއޯމްގެ ބޮޑު މިނަކީ ކޮބާ؟ ނިއޯމްގެ ސަރަހައްދަކީ ހުޅަނގު އުތުރު ސައުދީ އަރަބިއްޔާގެ ގާތްގަނޑަކަށް 26،500 އަކަކިލޯ މީޓަރުގެ ބޮޑު ބައެކެވެ. މިއީ ގާތްގަނޑަކަށް އަލްބޭނިއާގެ ސައިޒެކެވެ. އަދި މިސަރަހައްދުގެ ދެކުނުން ރަތްކަނޑު އަދި ހުޅަނގުން އަޤަބާގެ ގަލްފުން ވަށާލެވިފައިވާނެއެވެ. ނިއޯމް އަށް އަންނާނެ ތަރައްގީތައް: ނިއޯމް އެކުލެވިގެންވާނީ 10 ސަރަހައްދަކަށެވެ.  މިހާތަނަށް އޭގެ ތެރެއިން ހަތަރު ސަރަހައްދެއްގެ ތަފްސީލު އިއުލާންކޮށްފައިވެއެވެ. އެއީ އެންމެ މަޝްހޫރު "ދަ ލައިން" ގެ އިތުރުން އޮކްސަގަން، ޓްރޮޖެނާ އަދި ސިންޑަލާ އެވެ. މި ލައިނަކީ 170 ކިލޯމީޓަރުގެ ލައިނަރީ ސިޓީއަކަށް ހެދުމަށް ރާވާފައި ވާއިރު، އެ ސިޓީގައި ނުވަ މިލިއަން މީހުން ދިރިއުޅެވޭނެ ކަމަށް ބުންޏެވެ. މި މަޝްރޫއު ހިންގާ މީހުން ބުނީ ސިޓީ އެކުލެވިގެންވާނީ 200 މީޓަރު ދުރުގައި ހުންނަ ޕެރެލަލް، 500 މީޓަރު އުސް، ލައިނަރ ސްކައިސްކްރޭޕަރެއްގެ މައްޗަށް ކަމަށެވެ. އަދި އެ އިމާރާތްތަކުގެ ކުރިމަތީގައި ލޯގަނޑު ޖަހާފައި ހުންނާނެ ކަމަށްވެސް ބުންޏެވެ. އޮކްސަގަން އަކީ އޮކްޓޭގަންގެ ބައްޓަމަށް ހަދާފައިވާ ބަނދަރު ސިޓީއެއްގެ ގޮތުގައި ރާވާފައިވާ ސިޓީއެއް ކަމަށާއި އެ ސިޓީ ބިނާކުރާނީ ނިއޯމް ސަރަހައްދުގެ އެންމެ ދެކުނުގައި އޮންނަ ރަތް ކަނޑުގައެވެ. އަދި ބަނދަރާއި ލޮޖިސްޓިކްސް ހަބް ވެގެންދާނީ "ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސްޓްރަކްޓޫ" ކަމަށްވެސް ސައުދީން ބުނެއެވެ، ޓްރޮޖެނާ ހަދަން ހަމަޖެހިފައިވަނީ ނިއޯމް ސަރަހައްދުގެ އުތުރު ކައިރީގައި އޮންނަ ސަރްވާތު ފަރުބަދަތަކުގައި ސްކީ ރިސޯޓެއްގެ ގޮތުގައެވެ. 60 އަކަމީޓަރުގެ ސްކީ އާއި އައުޓްޑޯ އެކްޓިވިޓީ ހިމެނޭ މި ރިސޯޓުގައި މުޅި އަހަރު ދުވަހު ސްކީ ކުޅެވޭނެ ކަމަށް މި ޕްރިޖެކްޓްގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެއެވެ. އަދި 2029 ވަނަ އަހަރުގެ އޭޝިއަން ވިންޓާ ގޭމްސް މި ސިޓީގައި ބާއްވަން މަސައްކަތް ކުރާނެކަމަށް އެފަރާތްތަކުން ބުނެއެވެ. ސިންޑަލާ ރާވާފައިވަނީ ރަތް ކަނޑުގެ ތެރޭގައި ޖަޒީރާ ރިސޯޓެއްގެ ގޮތުގައެވެ. ޔޮޓިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން އުފައްދާފައިވާ 840،000 އަކަމީޓަރުގެ މި ޖަޒީރާގައި 86 ބަރތް ހިމެނޭ މެރީނާއަކާއި ގިނަ އަދަދެއްގެ ހޮޓަލްތައް މި ސަރަހައްދުގައި ހުންނާނެއެވެ. ނިއޯމް ޑިޒައިން ކުރަނީ ކޮންބައެއް؟ މިހާތަނަށް ނިއޯމް ޕްރޮޖެކްޓްގެ ޑިޒައިނަރުންގެ ގޮތުގައި ރަސްމީކޮށް އިއުލާންކޮށްފައިވަނީ މަދު އަރކިޓެކްޗަރ ސްޓޫޑިއޯތަކެކެވެ. އޭގެ ތެރެގައި އެމެރިކާގެ ސްޓޫޑިއޯ އޭކޮމް ހިމެނެއެވެ. ޓްރޮޖެނާ ސްކީ ރިސޯޓުގެ ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަނީ، އިނގިރޭސިވިލާތުގެ ސްޓޫޑިއޯ ޒާހާ ހަދީދު އާކިޓެކްޓްސް އާއި ޑަޗް ޕްރެކްޓިސް ޔޫއެން ސްޓޫޑިއޯ އާއި އެމެރިކާގެ ސްޓޫޑިއޯ އެޑާސްގެ އިތުރުން ޖަރުމަނުގެ ސްޓޫޑިއޯ ލާވާ އަދި އޮސްޓްރޭލިއާގެ ސްޓޫޑިއޯ ބިއުރޯ ޕްރޮބަޓްސް އެވެ. ނިއޯމްގައި ހުންނަ އޮކްސަގަން ބަނދަރާއި، ސިންޑަލާ ރިސޯޓުގެ ޑިޒައިން ކުރަނީ އިޓަލީގެ ސުޕަޔޮޓް އަދި އާކިޓެކްޗާ ސްޓޫޑިއޯ ލޫކާ ޑިނި އެވެ. މި މަޝްރޫއުގެ ޑިޒައިން ލީޑް ކުރައްވާނީ ބާސެލޯނާގެ ކުރީގެ ޑެޕިއުޓީ މޭޔަރު އެންޓޯނީ ވިވޭސްއެވެ. އޭނާ އަކީ ދަ ލައިންގެ ޗީފް އާބަން ޕްލޭނިން އޮފިސަރެކެވެ. ނިއޯމް ނިމޭނީ ކޮންއިރަކު؟ ބޮޑު ޓައިމްލައިންތަކަކަށް ބަހާލައިގެން މަސައްކަތް ކުރަމުން އަންނަ ނިއޯމްގެ ބޮޑު ބައެއް 2030 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ވަނީ އަމާޒް ހިފާފައެވެ.  ދާފި ފަހުން ވަނީ ނިއޯމް ތަރައްޤީ ވަމުން އަންނަ މިންވަރު ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމުކޮ ކޮށްފައެވެ. ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވަނީ ސިންޑަލާ ލަގްޒަރީ އައިލެންޑް އެވެ. އަމާޒަކީ އަންނަ އަހަރު ކުރީކޮޅު އެ ސިޓީން މެހެމާނުންނަށް މަރުހަބާ ކިޔުމެވެ. ބަނދަރު ސިޓީ އޮކްސަގަން އަށް އަންނަ އަހަރުގެ ނިޔަލަށް މީހުން ބަދަލުވާން ރާވާފައިވާއިރު، ސިޓީގެ ކަނޑުގެ ސަރަހައްދު 2030 ވަނަ އަހަރު ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫގެ މަސައްކަތް ކުރާ މީހުން ބުނި ގޮތުގައި އެމީހުންގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދަ ލައިންގައި އެއް މިލިއަން މީހުން ދިރިއުޅެން ފެށުމެވެ.  ނިއޯމް އަށް މައްސަލަ ޖެހެނީ ކީއްވެ؟ ތަޖުރިބާ ކާރުން ބުނާ ގޮތުގައި މި ސިޓީ ނިމިގެންދާއިރު އޮންނާނީ ދެމެހެއްޓެނިވި ގޮތެއްގައި މީހުންނަށް ދިރިއުޅެވޭނެ މާހައުލެއްގެ ގޮތުގައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ