
ސައުދީން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ސައުދީން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ލިޔުން:
ސައުދީ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އެކްސްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން ހަދިޔާކުރި 50 ޓަނުގެ ކަދުރު ހަވާލުކުރި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. ސައުދީގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ އެގައުމުގެ ސަފީރު މަތްރިކް އައްދަޢުސަރީއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައެވެ.
https://twitter.com/MVIaffairs/status/1770822912334840063
ސައުދީ ސަރުކާރުން ރާއްޖެއަށް މިފަހަރު ހަދިޔާކުރި 55 ޓަނުގެ ކަދުރުގެ ތެރޭގައި ހިމެނެނީ ސައުދީ ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރާއި، އެގައުމުގެ އިސްލާމީ ވުޒާރާގެ ފަރާތުން ހަދިޔާކުރި 5 ޓަނު ކަދުރެވެ.
ސައުދީ އަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުންނެވެ.
ސައުދީން ވަނީ ރާއްޖެއަށް މިދިޔަ އަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
