
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ލިޔުން:
ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީގައި ކަމަށެވެ.
ކަދުރު ބަލައި ދާ އިރު އައިޑީ ކާޑު ގެންދަން ޖެހެ އެވެ.
މިއަދު ކަދުރުބަހަން ފަށާފައި ވަނީ މާލޭގައެވެ.
[embed]https://twitter.com/MVIaffairs/status/1639874260754747393[/embed]
އިސްކާމިކް މިނިސްޓްރީން ބުނެފައިވަނީ އަތޮޅުތަކުގައި ކަދުރު ބަހާނީ، މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ޕެކެޓެއް ދިނުމަށް ފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންކަމުގައެވެ.
ސީދާ މިނިސްޓްރީއިން ކަދުރު ބަހަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުންނެވެ.
ސައުދީ ސަރުކާރުން ރާއްޖެ އަށް މިއަހަރު ހަދިޔާ ކުރީ 50 ޓަނުގެ ކަދުރެވެ. މި ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
