މާލެ: 31°C

ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

January 20, 2025
355 ފަހަރު ބަލާފައި
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ރޯދަ މަހަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބަހަން ފަށއިފިއެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބަހަން ފަށއިފިއެވެ.

މިއަދުގެ 9:30 އިން ފެށިިގެން އަންނަ މަހުގެ 6 އާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެދުރުފަހު 13:00 އާ ހަމައަށް، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާނެކަމަށާއި، އަތޮޅުތަކުގައި ކަދުރު ބަހާނީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ކަދުރު ބަހަން ހަމަޖައްސާފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރުގެ މަގުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ މި އަހަރު ކަދުރު ބަހާ އިރު، ރޯދަވިއްލުންތައް އިންތިޒާމު ކުރާ ޖަމިއްޔާތަކަށް ވެސް ކަދުރު ދޫކުރާނެ ކަމަށެވެ. މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ