
ސައުދީގެ އެހީގައި 400 ހައުސިން ޔުނިޓް އަޅަނީ
ސައުދީގެ އެހީގައި 400 ހައުސިން ޔުނިޓް އަޅަނީ
ލިޔުން:
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ވަނީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓް ތައް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ކޮންސެލްޓްންސީ ފާރމެއް ހޯދުމަށެވެ.
މި މަސަތްކަތައް ހޮވޭފަރާރަކުން ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުން، އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުން، ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުން، ކޮންޓްރެކްޓަރގެ މަސައްކަތްް ސުޕަރވައިޒް ހިމެނެ އެވެ. މިނިސްޓްރީގެ އިއުލާނުގައި ވާ ގޮތުން މި ކޮންސެލްޓްންސީ ފާރމެއް ހޮވުމަށް އަމަލުކުރާނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލު ގައިވާ ގޮތަށެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އެޕްރީލް ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މިނިސްޓްރީ އޮފް ފިނޭސް އަށް ފޮނުވުމަށް ވަނީ އެއދިފައެވެ.
މި މަސައްކަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް އެމިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާން ގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
