
ސައުދީގައި ކިޔަވަން ތިބޭ ދިވެހިންނަށް ހާޖީންނަށް އެހީތެރިވުމާއެކު ހައްޖުވުމުގެ ހުއްދަ ސައުދީން ދީފި
ސައުދީގައި ކިޔަވަން ތިބޭ ދިވެހިންނަށް ހާޖީންނަށް އެހީތެރިވުމާއެކު ހައްޖުވުމުގެ ހުއްދަ ސައުދީން ދީފި
ލިޔުން:
ސައުދީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިވެހި ހައްޖާޖީންނަށް އެހީތެރިވުމާއެކު ހައްޖުވުމުގެ ފުރުސަތު އެ ގައުމުގެ ސަަރުކާރުން ދެއްވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާއާ ބައްދަލުކުރައްވައި ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް އެދިވަޑައިގެންފިއެވެ.
އަދި މިއަދު ޝަހީމް "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވަނީ މިހާރު މި ހުއްދަ ދިވެހި ދަރިވަރުންނަށް ލިބިފައިވާކަން ހާމަކުރައްވާފައެވެ.
""މިފުރުސަތުގައި ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ ތައުފީގަށާއި ހައްޖާއި އުމްރާ އާ ގުޅޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ޝަހީމް ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/1755104055586599154
ޝަހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހައްޖުވެރިންނަށް އެހީތެރިކަން ދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުގައި ބައިވެރިވެވޭ ގޮތަށް ރަސްމީކޮށް ހުއްދަ ދެއްވާފައިވާ ކަމަށެވެ.
އެގޮތުން، މިކަމުގެ ސަބަބުން ހައްޖުވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، މިއީ ކޮންމެ ކޮންމެ ގައުމަކަށް އެގޮތަށް ފަހިވެފައި އޮންނަ ފުރުސަތެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
