މާލެ: 31°C
މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖެ ވަޑައިގަތް ސައުދީ ޕްރިންސް ޑރ މަންސޫރަށް ރައީސުލްޖުމްހޫރިއްޔާ މެންދުރުގެ ފަރިއްކޮޅެއް އަރުވައިފި

މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖެ ވަޑައިގަތް ސައުދީ ޕްރިންސް ޑރ މަންސޫރަށް ރައީސުލްޖުމްހޫރިއްޔާ މެންދުރުގެ ފަރިއްކޮޅެއް އަރުވައިފި

25 ޖުލައި 2026
120 ފަހަރު ބަލާފައި
މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖެ ވަޑައިގަތް ސައުދީ ޕްރިންސް ޑރ މަންސޫރަށް ރައީސުލްޖުމްހޫރިއްޔާ މެންދުރުގެ ފަރިއްކޮޅެއް އަރުވައިފި އެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖެ ވަޑައިގަތް ސައުދީ ޕްރިންސް ޑރ މަންސޫރަށް ރައީސުލްޖުމްހޫރިއްޔާ މެންދުރުގެ ފަރިއްކޮޅެއް އަރުވައިފި އެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވައިފަ އެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން، ބައިވެރިވެވަޑައިގަތުމަށް ކުރެއްވާ ދަތުރުކުރައްވާ ދަތުރުފުޅެކެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ.

ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ، ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސް ޑރ މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އަދި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑރ މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ އިސްވެރިން، ދިވެހިރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އެމަނިކުފާނަށް އެރުއްވެވި ފަރިއްކޮޅުވެސް އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އިފީހުގައެވެ. 

މި ފަރިއްކޮޅުގައި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ