މާލެ: 31°C

ސަރުކާރުން ޓެކްސީލައިންއެއް އުފައްދަވަން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ

February 10, 2025
228 ފަހަރު ބަލާފައި
ސަރުކާރުން ޓެކްސީލައިންއެއް އުފައްދަވަން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ
ސަރުކާރުން ޓެކްސީލައިން އުފައްދަވަން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޓެކްސީލައިން އުފައްދަވަން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ އެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޓެކްސީ ޑަރައިވަރުން ހުޅުމާލޭގައި ބޭއްވުމަށް އިންތިޒާމްކުރި ސްލްހަވެރި މުޒާހަރާއަށް ފުލުހުން ހުރަސްއެޅި މައްސަލާގައްޔާއި ޑްރައިވަރުންގެ އިހްތިޖާޖުގެ ތެރެއިން ޓޯކުރި ޓެކްސީތައް ދޫކޮށްލައި ބަދަލު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުދާއިރާގެ މެމްބަރ މީކާއިލް އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ވެރިކަންކުރާ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ފަލާހް ވިދާޅުވީ މި ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ސަރުކާރުން ނޫޅޭ ކަމަށާއި މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަށް ހުރި އުނދަގޫތައް ހައްލުކޮށް ދޭން ކަމަށެވެ.

މެމްބަރު ފަލާހު ވިދާޅުވީ މި ސަރުކާރަކީ ގައުމަށް ހިދުމަތް ކުރުމުގެ ނިޔަތުގައި އޮތް ސަރުކާރެއް ކަމަށާއި، ސަރުކާރުން ޓެކްސީ ހިދުމަތްދޭން ނޫޅޭ ކަމަށާއި، ޓެކްސީ ޑްރައިވަރުންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ދަނީ ވަރަށް ކައިރިން ބައްލަވަމުން ކަމަށާއި، ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުން ކަމަށެވެ.

ސަރުކާރަކުން ނޫޅުއްވާ ޓެކްސީގެ ހިދުމަތް ދޭކަށެއް، ޓެކްސީ ޑްރައިވަރުންނަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ބޭފުޅުންނަށް ހުރި ދަތިތަކާ، މި ހުރިހާ ކަމެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވަރަށް ކައިރިން ބައްލަވާ އެކަން ހައްލު ކުރުމަށްް ވަރަށް ކައިރިން މަސައްކަތް ކުރައްވަމުން." މެމްބަރު ފަލާހު ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ހަވާލުކުރަން ނިންމާފައިވާ ސަރުކާރު ކުންފުންޏަކާ ކަމަށާއި މި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ބަޔަކީ އެމްޓީސީސީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ރަސްމީކޮށް ކުންފުންޏަކާއި ހަވާލުކޮށް ކުރިއަށް އޮތް 2 ހަފްތާތެރޭ އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓަރ އަމީން އޭރު ވިދާޅުވެފައިވެއެވެ.

އެގޮތުން މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދަން ރޭވިފައިވަނީ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި މި ހިދުމަތުގައި މަސައްކަތް ކުރާ 50 ޕަސެންޓް ޓެކްސީ ޑްރައިވަރުން ވެގެންދާނީ ދާއީމީ މުވައްޒަފުންނަށް ކަމަށެވެ. ބާކީ 50 ޕަސެންޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ކަމަށްވެސް އެ ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ