ސަރުކާރުން ރަށްތަައް ކޮނެލެކޮނެލައި ތިބެނީ، މަސައްކަތް ނިމޭތަނެއް ނުފެނޭ: ނަޝީދު

ސަރުކާރުން ރަށްތަައް ކޮނެލެކޮނެލައި ތިބެނީ، މަސައްކަތް ނިމޭތަނެއް ނުފެނޭ: ނަޝީދު
ލިޔުން:
ރަށްރަށުގައި ނަރުދަމާ އަޅަން ސަރުކާރުން ކުރާ ކަމަކީ ކޮނެލަ ކޮނެލައި ތިބުން ކަމަށާއި އެއިން މަޝްރޫއެއް ތިން ހަތަރު އަހަރު ވާއިރު ނުނިމޭ ކަަމަށް ވިދާޅުވެ، ސަރުކާރުގެ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ހަޖޫ ޖައްސަވައިިފި އެވެ.
އެމްޑީޕީގެ ރިއާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ލ. ގަމުގައި ރޭގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މަޝްރޫއުތައް ލަސް ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރުއްސުމަށްޓަކައި އެބޭފުޅުންގެ ބައިވެރިވުން އޮތް ކުންފުނިތަކަށް ކޮންޓުރެކްޓް ދޭތީ ކަމަށެވެ. އެމަސައްކަތްތައް ނުނިމުމުން އެކޮންޓްރެކްޓެއް އުވައި ނުލެވެނީ އެެހެންވެ ކަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.
..."ނަރުދަމާގެ ނިޒާމުތައް ހަދަން ފަށައިފި މީގެ ދެތިން ހަތަރުއަހަރު ކުރިން، މިނިޒާމުތައް... މިމަސައްކަތް ގެންގޮސް ނިންމޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، ހައްތަހާވެސް ރަށްރަށް ކޮމެލަ ކޮމެލަ މި ތިބެނީ". ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެއީ އެމްޑީޕީގެ އެއްވެސް މެންބަރަކު ދެކެން ބޭނުންވާނެ ތަނެއްނޫ ކަމަށާއި އަދި އެމްޑީޕީގެ މެންބަރުން ދެކެން ބޭނުންވަނީ ސާފުކޮށް ދެފުއް ފެންނަގޮތަށް އުފެދޭ ކޮންޓްރެކްޓުތަކަށް މަސައްކަތް ކުރާތަން ކަމަށާއި މަސައްކަތްތައް ނިންމާތަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ހަވާލުކުރެވޭ މަސައްކަތަކުގެ ތެރެއަށް ކޮރަޕްޝަން އާއި ނާޖާއިޒު ފައިދާވަދެ، ކަންކަން ނުވާގޮތްވުން އެއީ އެކަކުވެސް ދެކެން ބޭނުންވާނެ ގޮތެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"އެމްޑީޕީމެމްބަރުން ކަންބޮޑުވޭ ވައުދު ނުފުއްދުނީމާ. ކޮންޓްރެކްޓް ބާތިލުނުކުރެވޭ ސަބަބެއްގެ ގޮތުގައި ފާހަގަވަނީ ވަރަށް ހުތުރު ސަބަބެއް. އަނެއްކާ ވެސް އެމްޑީޕީ މެމްބަރުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ސަބަބެއް ނޫން. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރުއްސުމަށް ޓަކައި. ބައެއް މެމްބަރުން ރުއްސުމަށް ޓަކައި އެބޭފުޅުންނަށް މިހުންނަނީ، އެބޭފުޅުން ހިމެނޭ ކުންފުނިތަކަށް ކޮންޓްރެކްޓް ދީފައި،" ނަޝީދު ވިދާޅުވި އެވެ.
ލ. ގައި ކުރެއްވި ކެމްޕޭން ނިންމަވައިލެއްވުމަށް ފަހު އެމަނިކުފާނު މިއަދު ގެންދަވަނީ ތ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެ އަތޮޅުގެ އެކި ރަށްރަށުގައި ބޭއްވެވި ބައްދަލުވުންތަކުގައި ވެސް ހަމަ މި ތުހުމަތުތައް ތަކުރާރު ކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
