މާލެ: 31°C

ސަރުކާރުން މިއަހަރު ހިންގާނެ މަޝްރޫއުތައް އިއުލާންކޮށްފި

March 21, 2025
313 ފަހަރު ބަލާފައި
ސަރުކާރުން މިއަހަރު ހިންގާނެ މަޝްރޫއުތައް އިއުލާންކޮށްފި
ސަރުކާރުން މި އަހަރު ކުރިއަށްގެންދާނެ މުހިންމު މަޝްރޫއުތައް ކަނޑައަޅުއްވައި، އެކަމާ ގުޅޭ ޤަރާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާޙުކުރައްވައިފި އެވެ.

ސަރުކާރުން މި އަހަރު ކުރިއަށްގެންދާނެ މުހިންމު މަޝްރޫއުތައް ކަނޑައަޅުއްވައި، އެކަމާ ގުޅޭ ޤަރާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާޙުކުރައްވައިފި އެވެ.

ރައީސް މުޢިއްޒު މިއަދު ޢާންމު ކުރެއްވި ޤަރާރުގައިވާ ގޮތުން، މި އިސްލާޙު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ބަދަލުކުރުމަށެވެ.

މި ޤަރާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި:

  • ރާއްޖޭގެ 14 ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުން
  • ހުވަދު އަތޮޅާއި ހައްދުންމަތީގައި އަތީގައި އިތުރު ދެ އެއާޕޯޓު ތަރައްޤީކުރުން
  • ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުން
  • ލ. ގަމާއި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުން
  • ކ. ގިރާވަރު އުތުރުފަޅުން ބިން ހިއްކައި ”އުއްމީދު / ހޯޕް އައިލެންޑް“ އަދި ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ ތަރައްޤީކުރުން
  • މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް މަޝްރޫޢޫތައް ހިންގުން
  • ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުން
  • ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯޒްވޭ ލިންކް މަޝްރޫޢުތައް ހިންގުން
  • ހައިޕަރފޯމަންސް ސެންޓަރެއް ޤާއިމުކުރުން

މި މަޝްރޫޢުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ޤައުމުގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އިތުރު މަޝްރޫޢުތަކެއް ހިންގުމަށްވެސް ވަނީ ނިންމާފަ އެވެ.

ނިިމުނު އަހަރު ސަރުކާރުން އެކަށައެޅި ލިސްޓުގައި ހިމެނިފައިވަނީ 13 މަޝްރޫއެކެވެ. ނަމަވެސް މި އަހަރަށް ސަރުކާރުން އެކަށައެޅި ލިސްޓުގައި ވަނީ 25 މަޝްރޫއެއް ހިމަނާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ