މާލެ: 31°C

ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް: ރައީސް

ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް: ރައީސް
June 6, 2023
2 ފަހަރު ބަލާފައި
ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް: ރައީސް
ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ތަރައްގީގެ މަޝްރޫޢުއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު ހެނދުނު އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުކުޅަހަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، މިހާރުވެސް އުކުޅަހުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަމާ އަދި މަޝްރޫއުތައް ހިނގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. ރަށުގައި ހައްލުކުރަން ހުރި ކަންކަމުގެ ތެރޭގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ އިދާރީ މަސައްކަތްތައް ކުރާނެ އެކަށީގެންވާ ޖާގަނެތުމާއި، ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ދަތިކަމާއި، ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ތަފާތުތަކެއް ހުރުން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އުކުޅަހުގައި ކައުސިލް އާ ޢިއިމާރާތެއް ކުރުން އިސްކަންދޭ ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ