"އަޅުގަނޑުމެން މިބަލަނީ މިމަސްތެރޭގައި އެ 50 މީހުން ސެލެކްޓްކުރެވޭތޯ. އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން އަޅުގަނޑުމެން އެފަރާތްތަކަށް އަންގާ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނަން." ޝަހީމް ވިދާޅުވިއެވެ.
އަމިއްލަ ހަރަދުން ހައްޖަށް ދިއުމުގެ ގާބިލްކަން ނެތް 1000 މީހުން ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ހައްޖަށް ފޮނުއްވުމަކީި ރައީސް މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެގޮތުން، ފޮނުވާ ފުރަތަމަ 50 މީހުން މިއަހަރު ހައްޖަށް ފޮނުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން، ކެމްޕޭނު ތެރެއިން ރައީސް ވަނީ ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކުންފުނި ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ސަރުކާރުން ހައްޖަށް ގެންދާ 50 މީހުންގެ ލިސްޓް މިމަހު އާންމުކުރަނީ
ސަރުކާރުން ހައްޖަށް ގެންދާ 50 މީހުންގެ ލިސްޓް މިމަހު އާންމުކުރަނީ
ލިޔުން:
ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ގެންދަން ނިންމާފައިވާ 50 މީހުންގެ ނަންތައް މިމަހު އާންމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލު މިހާރު އާއްމުކުރައްވާފައިވާ ކަމަށާއި އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކުރެވިފައިވާ ހާއްސަ ކޮމިޓީއަކުން އެމަސައްކަތް ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ނިންމެވުމުގެ މަސައްކަތް ކުރައްވަމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
