މާލެ: 31°C

ސަރުކާރުން ފޯރުކޮށްދިން ރޯދަ ހަދިޔާއިން ރައްޔިތުން ހިތްހަމަ ޖެހިފައި

March 1, 2025
661 ފަހަރު ބަލާފައި
ސަރުކާރުން ފޯރުކޮށްދިން ރޯދަ ހަދިޔާއިން ރައްޔިތުން ހިތްހަމަ ޖެހިފައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންނަ ކޮންމެ ރޯދަ މަހަކީވެސް ސަރުކާރުގެ ދީލަތި އެހީތެރިކަން ރައްޔިތުންނަށް ލިބޭ މުހިއްމު މަހެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންނަ ކޮންމެ ރޯދަ މަހަކީވެސް ސަރުކާރުގެ ދީލަތި އެހީތެރިކަން ރައްޔިތުންނަށް ލިބޭ މުހިއްމު މަހެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްްވައިގެން ޚިދުމަތް ދިނުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރޯދަމަހު، ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ދިނެވެ. އަދި ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑުލާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން މިދިޔަ އަހަރުގެ ރަމަޟާން މަހު ހަދިޔާ ކުރެއްވިއެވެ. އަދި ނިމިދިޔަ އަހަރުގެ ތަޖުރިބާތަކަށް ބަލަައި ސަރުކާރުން އިތުރު ފިޔަވަޅުތަކެއް ދުރާލާ އަޅަން ފެށިއެވެ.

މީގެ 4 ވަރަކަށް މަސް ކުރިންފެށިގެން ރޯދައަށް ބާޒާރުގައި ކެތީގެ އަގު ހިފެހެއްޓުމަށް ގިނަ ބައްދަލުވުންތައް ބޭއްވިއެވެ. އެސްޓީއޯ މެދުވެރިކޮށް އަގު އުފުލޭ ބާވަތްްތައް އެތެރެކޮށް ވިއްކަން ތައްޔާރުވިއެވެ. އަދި އަމިއްލަ ފަރާތްތަކަށް ތަކެތި އެތެރެކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދޭން މަސައްކަތް ފެށިއެވެ. މިއާއެކު މި ރަމަޟާން މަހަކީ ބާޒާރުގައ ތަކެތީގެ އަގު ހިފެހެއްޓި، ބޭނުންވާ ޒަރޫރީ ބާވަތްތައް ހުސްނުވެ ލިބެންހުންނާނެ ގޮތަށް ތައްޔާރުވި ރަމަޟާން މަހަށްވާނެއެވެ.

މި ރަމަޟާންމަހު ސަރުކާރުން ކޮށްދޭން ނިންމި ކަންކަން:

  • ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއް
  • ކަރަންޓު ބިލުން %10 ޑިސްކައުންޓް
  • ފެން ބިލުން %10 އިންސައްތަ ޑިސްކައުންޓް
  • ބާޒާރުގައި ޒަރޫރީ ބާވަތްތަކުގެ އަގު ހިފެހެއްޓުމަށް ފިޔަވަޅުތައް އެޅުން

ސަރުކާރުން ރައްޔިތުންނަށް މިރޯދަ މަހުވެސް ވަނީ ދީލަތި ކަމުގެ އަތް ދިއްކޮށްލައްވާފައެވެ. ރައްޔިތުންނަށް އެންމެ ބޭނުންވާނެ އަސާސީ ކަންކަމުގައި ރައްޔިތުންނަށް ލުއި ދެއްވުމަކީ ރައްުޔިތުން އެކަންކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންކަމެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ