މާލެ: 31°C
ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ: ފައިސަލް

ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ: ފައިސަލް

January 24, 2024
3 ފަހަރު ބަލާފައި
ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ: ފައިސަލް
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާނޭކަމުގެ ޔަގީންކަން ދޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު މިމޭރުމުން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިއުޒިޝަނުން ނެތްކަމަށް ބުނެ، ރާއްޖޭގެ ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީން) ބޭރު މިއުޒީޝަނުންނަށް ވަރކް ވިސާ ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް އެޖަމިއްޔާއިން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށެވެ. މިކަމާއި ގުޅޭގޮތުން ދިވެހި ބައެއް ފަންނާނުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުންދިއުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ، ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި، ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ ރައީސް ޑރ.މުއިއްޒުގެ އަމާޒު ކަމަށެވެ. https://twitter.com/ifaisalofficial/status/1750175237097050503 މިނިސްޓަރު ފައިސަލް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަމާއި ގުޅުންހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް ބަލައި، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނޭކަމަށް ވިދާޅުވެފައެވެ. ޓޫރިޒަމް ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން މަޓީން ސަރުކާރަށް ހުށަހެޅި ކަރުދާހެއްގައި ބަޔާންކޮށްފައިވަނީ، ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވަމުން އަންނައިރު، ދިވެހި ފަންނުވެރިން ނެތް ކަމަށާއި، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނަށް މުނިފޫހިފިލުވުމާއި، މިއުޒިކް ވަރަށް މުހިއްމު ކަމަށެވެ. މަޓީން ހުށަހެޅި މި ހުސަހެޅުމުގައި ބުނެފައިވަނީ  ބޭރުގެ މިއުޒީޝަނުންނާއި, ޕާފޯމަރުންގެ އިތުރުން އެންޓަޓެއިނަރުންނަށް ވަރކް ވިސާ ދިނުމަށެވެ. މަޓީން ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާނޭ ދިވެހިން ނުލިބޭތީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ބޭރުމީހުންގެ ނިސްބަތް 70 އިންސައްތައާ ހަމަޔަށް ކަނޑައަޅައިދިނުމަށްވެސް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ