
ސަރުކާރުން އަދިވެސް ބުނަނީ ވަޒީފާގެ ބިރެއް ނެތްކަމަށް
ސަރުކާރުން އަދިވެސް ބުނަނީ ވަޒީފާގެ ބިރެއް ނެތްކަމަށް
ލިޔުން:
މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާ ދެކޮޅަށް މަސައްކަތް ނުކުރާހާ ހިނދަކު، ސިޔާސީ މަގާމަކުން ވެސް އެއްވެސް މީހަކު ވަކި ނުކުރާނެ ކަމަށާއި ވަޒީފާގެ ބިރެއް ނުދައްކާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފިހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާއި ދެކޮޅުވާ ސިޔާސީ މަގާމުތަކުން މީހުން ވަކި ކުރިނަމަވެސް ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއް ނެތްކަމުގައެވެ.
މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ތެރެއިން ކަމުގައިވާތީ ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުމަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާއެއްކަމަށެވެ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މަގާމެއްގައި ހުންނަވާ ބޭފުޅަކު ޒިންމާތަކާއި ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާނުކުރައްވާނަމަ، އެ ބޭފުޅަކު ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހެނދުނު ނިކުމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅެފައި، ރޭގަނޑު އެހެން ފިކުރެއްގެ މީހުންނާއެކު ނިކުމެ، ހެނދުނު އެ ތަންފީޒްކުރަން އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާކަމަށްވާނަމަ، އެއްގޮތުން ދަންނަވާނަމަ އެމީހަކު ސިޔާސީ ކަންކަމަށް ލޯ ނުހުޅެވެނިއްޔޭ ނުވަތަ މަޤާމުގަ އެބޭފުޅަކު ހުރުމުގެ ބޭނުން އެ ކެނޑެނިއްޔޭ. ސިޔާސީ މަގާމުތަކަކީ އާންމު ވަޒީފަތަކަށް އުސޫލްތައް ހިނގާ މަގާމުތަކެއް ނޫން." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އާންމު ވަޒީފާތަކާއި ސިވިލް ސާރވިސް ވަޒީފާގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ގާނޫން ލިބިދީފައި އޮންނަކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
