މާލެ: 31°C
ސަރުކާރުން 24 ބިލެއް މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުން 24 ބިލެއް މަޖިލީހަށް ހުށަހަޅައިފި

February 13, 2024
3 ފަހަރު ބަލާފައި
ސަރުކާރުން 24 ބިލެއް މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 24 ބިލެއް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުން އެދައުރަކަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން އިއްޔެ ސަރުކާރުން ވަނީ މަޖިލީހަށް ބިލުތަކުގެ ލިސްޓެއް ހުށަހަޅާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުތައް:

1. ބިމުގެ ބިލް 2. ބޯހިޔާވަހިކަމުގެ ބިލް 3. ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލް 4. އަރބަން ޕްލޭނިންގ އަދި އަރބަން ޑެވެލޮޕްމަންޓްގެ ބިލް 5. ނަފްސާނީ ސިއްޙަތުގެ ބިލް 6. ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 7. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްގުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 8. ދަތުރު ރާވާ ހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ބިލް 9. ސޮވެރިން ޑެވެލޮޕްމަންޓް ފަންޑުގެ ބިލް 10. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 11. ފޮރިން އިންވެސްޓްމަންޓް ބިލް 12. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 13. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 14. ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް 15. ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލް 16. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 17. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 18. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 19. ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް 20. ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 21. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ޟިހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 22. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް 23. މީޑިއާ ކޮމިޝަންގެ ބިލް 24. ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މި ބިލްތައް ސަރުކާރުން ހުށަހަޅާފައިވާ އިރު، ޖޭއެސްސީ ބިލް ހުށަހާޅާފައެއް ނުވެއެވެ. ނަމަވެސް މިދައުރުގެ ޖަމިލިސް ފެށުނު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ޖޭއެސްސީ އިސްލާހުކުރުމުގެ ބިލް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލްތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ