މާލެ: 31°C

ސަރުކާރުން ޓެކްސީ ފެށަން އުޅުން: ސަރުކާރުގެ ނިންމުން މުރާޖާ ކުރަން އެދިއްޖެ

February 14, 2025
149 ފަހަރު ބަލާފައި
ސަރުކާރުން ޓެކްސީ ފެށަން އުޅުން: ސަރުކާރުގެ ނިންމުން މުރާޖާ ކުރަން އެދިއްޖެ
އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ޓެކްސީގެ ހިދުމަތަށް ވަނުމަށް ނިންމި ނިންމުން މުރާޖާކުރުމަށް ޑްރައިވާސް އެސޯސިއޭޝަނުން މިއަދު ގޮވާލައިފި އެވެ.

އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ޓެކްސީގެ ހިދުމަތަށް ވަނުމަށް ނިންމި ނިންމުން މުރާޖާކުރުމަށް ޑްރައިވާސް އެސޯސިއޭޝަނުން މިއަދު ގޮވާލައިފި އެވެ.

ތިމާވެއްޓާ ރަށްޓެހި ފްލީޓަކާ އެކު މާލެ ސަރަހައްދުގައި ޓެކްސީ ފްލީޓެއްގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރީ އިއްޔެ އެވެ. ސަރުކާރުން ބުނި ގޮތުގައި އެއީ ޓެކްސީ ހިދުމަތާ ގުޅިގެން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ.

ނަމަވެސް ޑްރައިވާސް އެސޯސިއޭޝަންއިން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ނިންމުމަކީ ޓެކްސީގެ ހިދުމަތުގައި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ އެންމެންގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި އެ ނިންމުން ނިންމި ސަބަބު ސާފުކޮށްދީ ސަރުކާރުގެ ނިންމުން އަލުން މުރާޖާކުރުމަށް އެ އެސޯސިއޭޝަންއިން ގޮވާލި އެވެ.

އެސޯސިއޭޝަނުން ބުނީ ޓެކްސީ ފްލީޓެއް ތައާރަފްކުރީ އެކަށީގެންވާ ދިރާސާއެއް ނުކޮށް އެކަން ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވައުދުވެ ވަޑައިގެންފައި ވަނިކޮށް ކަމަށެވެ.

ޑްރައިވާސް އެސޯސިއޭޝަންއިން އިތުރަށް ބުނީ

  • ސަރުކާރުގެ ނިންމުމާއެކު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި ކާރުތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުން ނިކަމެތިވެ، ކުދި ވިޔަފާރިތައް ވެސް ހީނަރުވެ ވާދަވެރިކަން ނެތިދާނެ
  • ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ދަމަހައްޓަން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ

ސަރުކާރުން ޓެކްސީގެ ހިދުމަތަށް ނުކުތުން އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ