މާލެ: 31°C

ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މަސްވެރިކަމުގެ ސިނާއަތު ކުރިއަރާނެކަމުގެ ޔަޤީންކަން އެބައޮތް: ބޮޑުކަންނެލި ޔޫނިއަން

ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މަސްވެރިކަމުގެ ސިނާއަތު ކުރިއަރާނެކަމުގެ ޔަޤީންކަން އެބައޮތް: ބޮޑުކަންނެލި ޔޫނިއަން
September 2, 2024
2 ފަހަރު ބަލާފައި
ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މަސްވެރިކަމުގެ ސިނާއަތު ކުރިއަރާނެކަމުގެ ޔަޤީންކަން އެބައޮތް: ބޮޑުކަންނެލި ޔޫނިއަން
ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މަސްވެރިކަމުގެ ސިނާއަތު ކުރިއަރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ބޮޑުކަންނެލި ޔޫނިއަން އިން މިއަދު ބުނެފިއެވެ. އެ ޔޫނިއަން އިން އެހެން ބުނެފައިވަނީ މިއަދު އެ ޔޫނިއަންގެ އިސް ބޭފުޅުންނާއެކު ީރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުފގައި ބޭއްވެވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބޮޑު ކަންނެލި ޔޫނިއަނުން ބުނެފައިވަނީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން އެ ސިނާއަތު ކުރިއަރާނެކަމުގެ ޔަޤީންކަން އެވޔޫނިއަން އަށް އޮތްކަމާއި، އަދި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތައް އެ ޔޫނިއަނުން ޝުކުރު އަދާކުރާކަމަށެވެ. އަދި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރަން ރައީސް ނިންމަވާފައިވާތީ އެކަމަށްޓަކައިވެސް އެ ޔޫނިއަނުން ޝުކުރު އަދާކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމަށާއި،  ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މިއަދުގެ ބައްސަލުވުމުގައި ބޮޑުކަންނެލި ޔޫނިއަނުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވަމުންދާ މައްސަލައާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް މަދުވާތީ ކުރިަމތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި،މަސް ކިރުމުގައި ހުރި ދަތިތަކާއި،ސާފުތާހިރުކަމުގެ ސަރޓިފިކެޓް ހޯދުމުގައި ހުރި ކަންބޮޑުވުންތަކާއި، މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް މިހާރު ބޭނުންކުރާ ޑިވައިސްގައި ހުރި މައްސަލަތައް ޙިއްޞާކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ބޮދުކަންނެލި ޔޫނިއަންގެ ފަރާތުން ވަނީ އަދި މަހުގެ އަގު ފްލޯ ޕްރައިސް ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ޚާއްޞަ ބޮއި އަޅައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް އެދިފައެވެ. އެހެންކަމުން މި ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒް ވަނީ ޔޫނިއަންގެ މެންބަރުން ފާހަގަކުރެއްވި ކަންކަން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ