މާލެ: 31°C
ސަރުކާރުގެ އިސް ވެރިން މޯދީ އަށް މަލާމާތްކުރުން، ސަރުކާރުން ކުށްވެރިކޮށްފި

ސަރުކާރުގެ އިސް ވެރިން މޯދީ އަށް މަލާމާތްކުރުން، ސަރުކާރުން ކުށްވެރިކޮށްފި

January 7, 2024
3 ފަހަރު ބަލާފައި
ސަރުކާރުގެ އިސް ވެރިން މޯދީ އަށް މަލާމާތްކުރުން، ސަރުކާރުން ކުށްވެރިކޮށްފި
ބޭރު ގައުމުތަކުގެ ވެރިންނަށް މަލާމާތްކޮށް، އެ ބޭފުޅުންނަށް އިހްތިރާމް ކުޑަވާ ގޮތަށް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ބޭފުޅުންނާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް  ސަރުކާރުން ބުނެފި އެވެ. ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އިންޑިއާގެ ޕްރައިމް މިނިސްޓާ ނަރެންދްރަ މޯދީ އާންމުކުރެއްވި އެކްސް އަށް މަލާމާތްކޮށް ދިވެހި ސަރުކާރުގެ އޮފިޝަލުން ތަކެއް ޝެއާ ކުރި ޕޯސްޓް ތަކަކާއި ގުޅިގެން ވަނީ މައްސަލަ ހޫނުވެފައެވެ. އެފަދަ ގޮތަކަށް މޯދީ އަށް މަލާމާތް ރައްދުވާ ގޮތަށް ޕޯސްޓް ޝެއާކުރި ސަރުކާރުގެ އިސް ވެރިންގެ ތެރޭގައި، އިންފޮމޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިއުނާ އާއި މަލްސާ ހިމެނެއެެވެ.  ބައެއް މީހުން ބުނާގޮތުގައި ރާއްޖެ އަންނަން ބުކިން ހަދާފައި ތިބި އިންޑިއާ ޓުވަރިސްޓުން ސަރުކާރުގެ އޮފިޝަލުންގެ މަލާމާތާ ގުޅިގެން ބުކިން ކެންސަލުކުރަމުން ވެސް އެބަދެއެވެ. މި ގޮތަށް އިންޑިއާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ދަނީ ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެެއް ބަދަލުކުރަމުންނެވެ. މިފަދަ ދަނޑުވަޅުގައި ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
"ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

"އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

މޯދީގެ ވީޑިއޯއަށް ފާޑުކިއުމާ ގުޅިގެން މިހާރު ސޯޝަލް މީޑިއާގައި މައްސަލަ އުފެދިފައިވާ އިރު، މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްގައުމަކީ އިންޑިއާއެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ