މާލެ: 31°C

އިސްލާމް ދީނަށް ނަސްރު ދިނުމަށްވުރެ މަތިވެރި ސިޔާސަތެއް މި ސަރުކާރުގެ ނޯންނާނެ: ރައީސް ޑރ.މުއިއްޒު

March 27, 2025
146 ފަހަރު ބަލާފައި
އިސްލާމް ދީނަށް ނަސްރު ދިނުމަށްވުރެ މަތިވެރި ސިޔާސަތެއް މި ސަރުކާރުގެ ނޯންނާނެ: ރައީސް ޑރ.މުއިއްޒު
އިސްލާމް ދީނަށް ނަސްރު ދިނުމަށްވުރެ މަތިވެރި ސިޔާސަތެއް މި ސަރުކާރުގެ ނޯންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނަށް ނަސްރު ދިނުމަށްވުރެ މަތިވެރި ސިޔާސަތެއް މި ސަރުކާރުގެ ނޯންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިސަރުކާރުގެ އެންމެ ފަޚުރުވެރި އެންމެ މަތިވެރި ޒިންމާއެއް ގޮތުގައި ދެކެނީ، އަދި އަމަލީގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގެ މައްޗަށް ކަމަށާއި އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެ ކަމަށެވެ.

މިސަރުކާރުގެ އެންމެ ފަޚުރުވެރި އެންމެ މަތިވެރި ޒިންމާއެއް ގޮތުގައި އަޅުގަނޑު ދެކެނީ، އަދި އަމަލީގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެ،" ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، ކީރިތި ޤުރްއާނަކީ ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ހެދުމަށްވެސް ގޮވާލައްވާފައެވެ.

އަދި ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ގޮވާލަށްވައި، އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، ރައީސް ގެ ވާހަކަފުޅުގައި ވަނީ ގޮވާލަށްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ