
ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ 22 ގެ ކުރިން ދޭން އަންގައިފި
ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ 22 ގެ ކުރިން ދޭން އަންގައިފި
ލިޔުން:
ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ 22 ގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިހެން ނިންމީ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި ލިބޭތީއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށެވެ.
މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މޭ 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އާންމުކޮށް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވަނީ ކޮންމެ މަހެއްގެ ވެސް 28 އާއި 30 އާ ދެމެދުގައެވެ. ނަމަވެސް، ކުރިޔަށް އޮތް އީދު ބަންދާ ގުޅިގެން ބޭންކް ބޭންކުތައް ހުޅުވާފައި ހުންނާނީ އެމްއެމްއޭ އިން ހަމަޖައްސާފައިވާ ގޮތުން ހަމައެކަނި ޖޫން 26 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހަށް ވާއިރު، އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެ. އެގޮތުން އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ހައްޖު ދުވަހުގެ ކުރިން އަންނަ 25،26 ވަނަ ދުވަސް ވެސް ބަންދުކުރުމަށެވެ. ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
