މާލެ: 31°C

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 36،753 މުވައްޒަފުން

February 3, 2025
99 ފަހަރު ބަލާފައި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 36،753 މުވައްޒަފުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޖުމްލަ 36،753 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޖުމްލަ 36،753 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފި އެވެ.

ޕީސީބީން އާންމުކުރި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުންފުނިތަކުގެ ކުއާޓާލީ ރިވިއު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 16 ކުންފުންޏަކީ ސެލްފް ސަފިޝެންޓް ނުވަތަ ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ކުންފުނިތަކެވެ. މި ކުންފުނިތަކުގައި 25،203 މުވައްޒަފުން ވަޒީފާ އަދާކުރާއިރު، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ 14 ކުންފުނީގައި 11،550 މުވައްޒަފުން މަސައްކަތްކުރެއެވެ.

ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަނީ ފެނަކަ ކޯޕަރޭޝަންގައެވެ. އެ ކުންފުނީގައި މިހާރު 7،045 މުވައްޒަފުން މަސައްކަތްކުރެއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 502 މުވައްޒަފުން އިތުރު އަދަދެކެވެ.

ދެން އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަނީ އެމްޓީސީސީގައެވެ. އެ ކުންފުނީގައި 4،762 މުވައްޒަފުން ވަޒީފާ އަދާކުރާއިރު، އޭގެ ފަހަތުން އެމްއޭސީއެލްގައި 4،518 މުވައްޒަފުން މަސައްކަތްކުރެއެވެ. ދައުލަތުގެ ބަޖެޓުން ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ވެމްކޯގައި 2،506 މުވައްޒަފުން މަސައްކަތްކުރެއެވެ.

ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އާރުއޭސީއެލް އާއި އެމްއައިޓީޑީސީން މި ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ