މާލެ: 31°C

ސަރުކާރާ އެކު ދެމިހުންނާނަން: ދޮންބިލެތް

ސަރުކާރާ އެކު ދެމިހުންނާނަން: ދޮންބިލެތް
May 28, 2023
2 ފަހަރު ބަލާފައި
ސަރުކާރާ އެކު ދެމިހުންނާނަން: ދޮންބިލެތް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާ ސަރުކާރަ އެކު ދެމިހުންނާނެ ކަމަށް ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ދޮންބިލެތް ވަނީ ދާއިރާގެ ބޮޑު މެޖޯރިޓީއަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބޭނެކަމުގެ ޔަގީންކަން ވެސް  ދެއްވާފަ އެވެ. ދޮންބިލެތް  ކުރިން މަސައްކަތް ކުރައްވާފައިވަނީ މަޖިލީހުގައި ވެސް، ރައީސް ނަޝީދަށް ތާއީދުކޮށް، ސަރުކާރަށް ފާޑުވިދާޅުވާ މެމްބަރެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށެވެ. އޭގެ ފަހުން ރަސްމީކޮށް މިހާޜު މިވަނީ ރައީސް ސޯލިހަށް ތާއިދު ކުރައްވާ ކަން އިއުލާން ކުރައްވާފައެވެ. ދޮންބިލެތް ވަނީ އެއްވެސް މީހެއްގެ ނުފޫޒަށް ބޯ ނުލަނބައި ސަރުކާރާއެކު މަޖިލީހުގައި ދެމި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ