
ސަރަނގު އާދަމް މަނިކު ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމައިފި
ސަރަނގު އާދަމް މަނިކު ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމައިފި
ލިޔުން:
ސަރަނގު އާދަމް މަނިކް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އާދަމް މަނިކު މިކަން ކަށަވަރުކޮށް ދެއްވީ، އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި އެކު އޭނާ ނަންގަވާފައިވާ ފޮޓޯ އެއް ސޯޝަލްޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ.
އާދަމް މަނިކު ވިދާޅުވީ، ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމެވީ ރައީސް ސޯލިހަކީ އެމްޑީޕީގެ މައިގަނޑު އަސާސްތައް ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށްވުމުން ކަމަށެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު އެ ހުންނެވީ ރައީސް ސޯލިހަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭވަރަށް މަސައްކަތް ކޮށްދެއްވުމަށް ތައްޔާރަށް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް އާދަމް މަނިކު ނިންމަވާފައިވާއިރު، އެމްޑީޕީ ތެރޭގައި ދެބަޔަށް ވަނީ ޕާޓީ ބެހިގެން ގޮސްފައެވެ. އެގޮތުން ރައީސް ނަޝީދު (އަންނި) ވަނީ "ފިކުރެއްގެ ދިރުން" ކިޔާ ވަކި ފެކްޝަނެއް އުފައްދައި ފާޅުގައި ރައީސް ސޯލިހަށް ތާއީދު ނުކުރަށްވާނެ ކަމަށް ވިދާޅުވެ ޖުމުހޫރީ ޕާޓީއާއެކު ކޯލިޝަންހެދުމަށް ނިންމާފައެވެ.
އެހެން ނަމަވެސް ރައީސް ސޯލިހާއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މިހާތަނަށް އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
