މާލެ: 31°C

ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ހުޅުވާލައިފައިވާ ތައުޒިޔާގެ ދަފްރަތުގައި ރައީސް ސޯލިހު ސޮއިކުރައްވައިފި

December 8, 2022
2 ފަހަރު ބަލާފައި
ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ހުޅުވާލައިފައިވާ ތައުޒިޔާގެ ދަފްރަތުގައި ރައީސް ސޯލިހު ސޮއިކުރައްވައިފި
ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ހުޅުވާލައިފައިވާ ތައުޒިޔާގެ ދަފްރަތުގައި ރައީސް ސޯލިހު ސޮއިކުރައްވައިފި
އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވީފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ. މިދަފްތަރުގައި ސޮއިކުރައްވާ ރައީސް ލިއުއްވާފައިވަނީ، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި ސަމަރުބުލޫ އިބްރާހީމް މަނިކު ހިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ ވަރަށް ރިވެތި ނަމޫނާއެއް ދައްކަވައިފައިކަމަށާ، އެމަނިކުފާނު ވަނީ އަމިއްލަ ޝައުގުވެރިކަމާއެކު ހިދުމަތުގައި ދެމިހުރެއްޖެނަމަ އެކަމެއްގެ ފޮނި ނަތީޖާ ނެރެވޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ. މީގެ އިތުރުން މުނިފޫހިފިލުވުމާއި ކުޅިވަރުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހިއްސާ ވަރައް ބޮޑުކަމަށާއި، އެމަނިކުފާނު ވަނީ ރޭޑިއޯ އާއި ޓީވީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް ރައީސްގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ. ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރުހޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި، އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ. ސަމަރުބުލޫ އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގެ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވާފައެވެ. ސަމަރުބުލޫ އިބްރާހިމް މަނިކު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްރަކެއް ވުމަށްފަހު، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޫގުގައެވެ. އަވަހާރަވީރު އެމުރުފުޅަކީ 72 އަހަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ