މާލެ: 31°C

ސަމަދާ ބެހޭ ގޮތުން މާރިޔާ ދެއްކެވި ވާހަކަ އާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

February 20, 2023
2 ފަހަރު ބަލާފައި
ސަމަދާ ބެހޭ ގޮތުން މާރިޔާ ދެއްކެވި ވާހަކަ އާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ސަމަދާ ބެހޭ ގޮތުން މާރިޔާ ދެއްކެވި ވާހަކަ އާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
އަަވަށްޓެރި އިންޑިއާއިން ދާދި ފަހުން ޑީޕޯޓްކޮށްލި ޕީޕީއެމްގެ އެކްޓިވިސްޓް އަބްދުއް ސަމަދާ ބެހޭ ގޮތުން ޑިފެން މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަ ކުށްވެރިކޮށް  ރައްޔިތުންގެ މަޖްލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްއެވެ.

ކުއްލި މައްސަލައިގައި ހުސައިން ވިދާޅުވީ ދިފާއީ ވަޒީރުގެ މަގާމުގައި ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވާ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފުތަކަށް މަލާމާތްކޮށް ޖޯކުޖެހި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. ވަޒީރު އެކަމަށް ޖޯކު ޖައްސަވައި، މަލާމާތްކޮށްފައިވާއިރު  ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާވެފައިވާ ސަމަދަކީ މި ގައުމު ސަލާމަތް ކުރުމަށް ކަމަރު ބަނދެގެން ތިބި މީހުންގެ ތެރެއިން މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޑިފެންސް މިނިސްޓަރު މާރިޔާއަކީ މީގެ ކުރިން ވެސް ސިފައިންނަށް ބަދު ބަސް ވިދާޅުވެފައިވާ ބޭފުޅެއް ކަމަށް ވެސް މެމްބަރު ހުސައިން ތުހުމަތު ކުރެއްވި އެވެ.އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި، އެ މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވީ އެންމެ އަށް މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ފެނިވަަޑައި ނުގަންނަވާ ކަމަށް 31 މެންބަރަކު ވޯޓު ދެއްވި އެވެ. މަޖްލިހަށް މިއަދު ހާޒިރުވި 48 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގަތީ 39 މެމްބަރުންނެވެ. ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާ އިން ޑީޕޯޓު ކޮށްލުމުން، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެކަމާ ދެކޮޅަށް ޓްވީޓް ކުރައްވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ