ސަމަދާ ބެހޭ ގޮތުން ދެއްކެވި ވާހަކައިން މާރިޔާއަށް ފާޑުކިއުން އަމާޒުވެއްޖެ

ސަމަދާ ބެހޭ ގޮތުން ދެއްކެވި ވާހަކައިން މާރިޔާއަށް ފާޑުކިއުން އަމާޒުވެއްޖެ
ލިޔުން:
އަަވަށްޓެރި އިންޑިއާއިން ދާދި ފަހުން ޑީޕޯޓްކޮށްލި ޕީޕީއެމްގެ އެކްޓިވިސްޓް އަބްދުއް ސަމަދާ ބެހޭ ގޮތުން ޑިފެން މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ދެއްކެވި ވާހަކައާ ގުޅިގެން އޭނާއަށް ފާާޑުކިއުން އަމާޒުވެއްޖެ އެވެ.
އިންޑިއާއިން ޑީޕޯޓްކޮށްލި އަބްދުއް ސަމަދަކީ ކުރީގެ ސިފައިންގެ މީހަކަށް ވެފައި، އޭނާ އިންޑިއާގެ އިމިގްރޭޝަނުގެ ފެސިލިޓީއެއްގައި ހިފެހެއްޓުމަށް ފަހު ދޫކޮށްލުމުން ރާއްްޖެއަށް "ވަޑައިގެންނެވީ ކީރިތިކުރައްވަމުން" ކަމަށް ވިދާޅުވެ، މާރިޔާ ރޭ އޭނާ ސިފަކުރެއްވީ "ފިނޑިއެއް"ގެ ގޮތުަގަ އެވެ. އެއާ އެކު ވިދާޅުވީ މިހާރު ރާއްޖޭގައި ތިބި ސިފައިން ގެ ހިތްވަރު ހުންނާނެ ކަމަށެވެ.
ސަމަދަކީ އިދިކޮޅު ޕީޕީއެމުން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގި ހަރަކާތުގައި އިސްކޮށް އުޅުނު މީހެކެވެ.
"އަޅުގަނޑުމެންގެ ސިފައިންނާ ފުުލުހުންގެ އެ ހިތްވަރު ހުންނާނެ، އިމިގްރޭޝަން ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮއެެއް ނުގަންނާނެ،" ރައިސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އަރުވަން ރޭ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވި އެވެ.
މާރިޔާގެ އެވާހަކައަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުަމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ޕާޓީއެެއްގެ މީހަކަށް ވިޔަސް، ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި އެހީތެެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށެވެ.
"އޭގެބަދަލުގަ ފުރައްސާރަކޮށް މަލާމަތްކުރުމުން އެގެނީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު. މިވަރުގެ މީހުން ވަޒީރުކަމުގަ ބައިތިއްބަން ހެޔޮނުވާނެ،" އުޝާމް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިދާޅުވީ "ބޭސްފަރުވާއަށް އަަވައްޓެރި ގައުމުތަކަށް ދާންނުޖެހޭ މިންވަރަށް ރާއްޖޭގެ ސިއްޙީ ނިޒާމް ތަރައްގީ ނުކޮށް ތިބެ، ދިވެހިންނަށް އެ ގައުމުތަކުގައި ދިމާވާ ފުރައްސާރައާއި ޖެއްސުން ދިފާއުވާ ފަދަ ގޮތަކަށް ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ "ހީފައި ޖޯކުޖަހަން ޖެހޭ ކަންކަމާ ސީރިޔަސްވާން ޖެހޭ ކަންތައް ވަޒީރުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
"ހީފައި ޖޯކު ޖަހާ ވަރުގެ ކަންކަމާ، ސީރިޔަސްވާން ޖެހޭ ވަރުގެ ކަންކަން ވަކިކުރާން، ބޮޑެތި ވަޒީރު ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ" އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ފާޑުކިއުންތަކަށް ރައްދު ދެއްވައި މާރިޔާ ވެސް މިއަދު ޓްވީޓެއް ކުރެއްވި އެވެ. އޭނާ ވިދާޅުވީ އިތުރު ރައްޔިތަކާ މެދު އެގޮތަށް (ސަމަދާ މެދު އިންޑިއާގައި ކަންހިގި ގޮތަށް) ކަންތައް ނުވުމަށް ޓަކައި ވެސް އެ ވާހަކަ ދައްކަން ކެރެން ޖެހޭ ކަމަށެވެ.
[embed]https://twitter.com/MariyaDidi/status/1626790161718857729?s=20[/embed]
"އަޅުގަނޑުމެން ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކޭ. ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި އެގައުމަށް އެރީމާ އެތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރުއިން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށް ޓަކައި ވެސް އެވާހަކަ ދައްކަން ކެރެންޖެހޭ،" ޓްވީޓްގައި މާރިޔާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
