
ސެލޫނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ސެލޫނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ލިޔުން:
މާލޭގައި ހިންގަމުން އަންނަ ސެލޫނެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ގ. މަސްއޮޑި ގޭގައި ހިންގަމުން އަންނަ "މިސްޓަ ޓްރިމް ސެލޫން" އިން ހައްޔަރުކުރީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ސެލޫނުން އިއްޔެ ހައްޔަރުކުރި މީހާ އަކީ ރޫހުލް އަމީން ކިޔާ 32 އަހަރުގެ މީހެއް ކަމަށާއި އޭނާ އަކީ އެތަނުގައި ބޯކޮށާ މީހާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެގޮތުން، މި މައްސަލާގައި އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ސެލޫން އިން 134.59 ގްރާމްގެ ކެނަބިސް ފެނިފައިވެއެވެ. އޭތި ފެނިފައިވަނީ ސެލޫންގެ ވަތްގަނޑެއްގެ ތެރެއިން ކަމަށް ވެސް އަމުރުގައިވެއެވެ.
މި މައްސަލައާ ގުޅިގެން ރޫހުލްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު، އޭނަ އަކީ މަތޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުޏެއްގެ ވިސާގައި ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
