މާލެ: 31°C

ސަލްމާން މިސްކިތުގެ އޭސީތަކަށާއި ސައުންޑް ސިސްޓަމަށް މައްސަލަޖެހެނީ ލޮނުގެ އަސަރުކޮށްގެން

February 13, 2023
2 ފަހަރު ބަލާފައި
ސަލްމާން މިސްކިތުގެ އޭސީތަކަށާއި ސައުންޑް ސިސްޓަމަށް މައްސަލަޖެހެނީ ލޮނުގެ އަސަރުކޮށްގެން
ސަލްމާން މިސްކިތުގެ އޭސީތަކަށާއި ސައުންޑް ސިސްޓަމަށް މައްސަލަޖެހެނީ ލޮނުގެ އަސަރުކޮށްގެން
ސައުދީ އަރަބިއްޔާ ސަރުކާރުން މާލޭގައި އަޅައިދިން ކިންގް ސަލްމާން މިސްކިތުގެ އޭސީތަކަށާއި ސައުންޑް ސިސްޓަމަށް މައްސަލަ ޖެހުނީ ލޮނުގެ އަސަރުކޮށްގެން ކަމަށާއި އޭސީތައް މިހާރު ރަނގަޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓުރ ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މިނިސްޓާރ ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ އަށް ލޮނުގެ އަސަރުކޮށްފައިވާ ކަން އިސްލާމިކް މިނިސްޓްރީއަށް ފާހަގަ ވެފައިވަނީ މިދިޔައަހަރު އޮގަސްޓް މަހުގައި ކަމަށާއި އަދި އެކަމަށް ހައްލެއް ހޯދުމަށް ކޮންޓްރެކްޓާރ އާއި ވާހަކަ ދައްކާ ކޮންޓްރެކްޓާރ މާލެ އައިސް މިސްކިތުގެ އޭސީތައް ރަނގަޅު ކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ސަލްމާން މިސްކިތުގެ އޭސީތަކަށް ދެވަނަ ފަހަރަށް މައްސަލަޖެހުމުން ކޮންޓްރެކްޓަރާ ވާހަކަ ދެކެވި، 23 ޖެނުވަރީ 2023 ގައި އެބޭފުޅުން ރާއްޖެ އައިސް ސަލްމާން މިސްކިތުގެ އޭސީތައް ރަންގަޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ..."ލޮނުގެ އަސަރުކޮށް އެއްޗެހިތައް ދަބަރަށްވެ ހަލާކުވަނީ އެހެންވެގެން ދިމާވާ މައްސަލަތަކެއް އެއީ." މިނިސްޓާރ ވިދާޅުވިއެވެ. މެންބަރު މުއިއްޒު ކުރެއްވި ދެވަނަސުވާލުގައި އެއްސެވީ ގިނަގެތަކަށް އަޑުއަހާލަން ފަސޭހަގޮތަކަށް ސަލްމާން މިސްކިތުގެ މުންނާރުތަކުން ބަންގީގެ އަޑު ކުރިން އިވެމުން އައި ނަމަވެސް މިހާރު ބަންގީގެ އަޑު އިވެމުންދަނީ މިސްކިތާ ކާރީގެ ގެތަކަށް އެކަނި ކަމަށް ވެފައި ވަނީ މިކަން ސައުންޑު ޝިސްޓަމްގެ މައްސަލަ އަކުންތޯ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތުގެ މިވަގުތު ބަންގީގެ އަޑު އިވެމުން ދަނީ އެންމެ މުންނާރަކުން ކަމަށާއި އަދި މިކަން ދިމާވެފައިވަނީ މުންނާރުތަކަށް ލޮނުގެ އަސަރުކޮށްގެން ކަމަށެވެ. އެކަން ހައްލުކުރަން ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ