ސަލަފާ އަދާލަތާ ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ ހައްލުކުރަން ބޭނުން: އިމްރާން

ސަލަފާ އަދާލަތާ ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ ހައްލުކުރަން ބޭނުން: އިމްރާން
ލިޔުން:
ސަލަފު ޖަމިއްޔާއާއި އަދާލާތުޕާޓީ އާ ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން އެދިވަޑައިގަންނަވާ ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
ރޭ މެންދަމުން އަލިވި ފަހުން ކުރެއްވި ޓްވީޓެއްގައި އިމްރާން އުފެއްދެވި ސުވާލަކީ ސަލަފާއި އަދާލަތާ ދެމެދު އޮތީ ދީނީ ތަފާތުތަކެއްތޯ ނުވަތަ ސިޔާސީ ތަފާތުތަކެއްތޯ އެވެ. އެ ސުވާލާ ގުޅުވައި އޭނާ ވިދާޅުވީ އެއީ "ދީނީ މައްސަލަ އެއް ނަމަ އެކަން ހައްލުކުރަން ވަރަށް ބޭނުން" ކަމަށެވެ.
[embed]https://twitter.com/ShimranAb/status/1629921693744656384?s=20[/embed]
"...ސަލަފު ޖަމިއްޔާއާއި އަދާލަތު ޕާޓީއާ ދެމެދު ހުރި ތަފާތުތަކަކީ ދީނީ ކަމެއް ހެއްޔެވެ. ނުވަތަ ސިޔާސީ މައްސަލަތަކެއް ހެއްޔެވެ. ދީނީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން އަޅުގަނޑުމެން [އަދާލަތު ޕާޓީން] ވަރަށް ބޭނުމެވެ،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ސިޔާސީ ކަމެއް ނަމަ އެކަން "އަންޑަސްޓޭންޑް ވާ" ކަމަށާއި އެއީ ހަމަ ވަރަށް "ނެޗުރަލް" ކަމެއް ކަމަށެވެ.
ސަލަފާ ބެހޭ ގޮތުން އިމްރާން މިމޭރުމުން ވާހަކަ ދެއްކެވީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
