މާލެ: 31°C

ސަލާމަތީ ބާރުތަކުން ރޭ ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހޯދަން 241 ކޮމިޓީން ނިންމައިފި

March 11, 2025
191 ފަހަރު ބަލާފައި
ސަލާމަތީ ބާރުތަކުން ރޭ ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހޯދަން 241 ކޮމިޓީން ނިންމައިފި
ރޭ މާލޭ އާއި ހުޅުމާލޭގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން މިއަދު ނިންމައިފި އެވެ.

ރޭ މާލޭ އާއި ހުޅުމާލޭގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން މިއަދު ނިންމައިފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ތަނެއް ފާސްކޮށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރޭ ނެރުނު ކުރު ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވެ އެވެ. އެހެން ބުނުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ. އޮޕަރޭޝަން ހިންގި ސަބަބު ނުބުނާ ތަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރެއްވެސް ހިއްސާއެއް ނުކުރެ އެވެ.

މިއަދު ކުރިއަށް މަޖިލީހުގެ 241 ކޮމިޓީގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާާހިދު (ޝާޑު)، ރޭ ހިންގި އޮޕަރޭޝަންގެ މައުލޫމާތު ލިބިފައިވޭތޯ ކޮމިޓީގައި މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއާ ސުވާލު ކުރެއްވުމުން ވިދާޅުވީ އަދި މިހާތަނަށް އެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެހެން ނޫނީ މި ކޮމިޓީތައް ބޭއްވުމުގެ ބޭނުމެއް ނެތް، ރައްޔިތުންގެ މަޖިލީހުގެ ބޭނުމެއް ނެތް" ކޮމިޓީގައި ހަގީގަތާ އެއްކޮށް ވާހަކަ ދައްކަން ޖެހޭކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ އެކަންކަން އެގޮތަށް ދިޔުމަކީ އެންމެ އެދޭ ގޮތް ނޫން ކަމަށެވެ.

ޝާހިދުގެ ވާހަކަ އަށް ފަހު ސަލީމް ވިދާޅުވީ ރޭގެ އޮޕަރޭޝަންގެ މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ