ސައި ކޮޓަރީގައި އިންނަވަނިކޮށް ރައީސް ނަޝީދު ގޯނާ ކުރެއްވިކަމުގެ ތުހުމަތު ރޮޒޭނާ ކުރައްވަފި

ސައި ކޮޓަރީގައި އިންނަވަނިކޮށް ރައީސް ނަޝީދު ގޯނާ ކުރެއްވިކަމުގެ ތުހުމަތު ރޮޒޭނާ ކުރައްވަފި
ލިޔުން:
ރައްޔިތުނގެ މަޖިލީހުގެ ސައިކޮޓަރީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ގޯނާ ކުރެއްވި ކަމުގެ ތުހުމަތު އޭނާ ކުރައްވައިފިއެވެ.
ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މަޖިލީހުގެ ސައި ކޮޓަރިތެރޭގައި ރައީސް ނަޝީދް އޭނާ އަށް ގޯނާ ކުރެއްވި ކަމަށާއި، މިއީ މަޖިލީހުގެ ރައީސް އަކަށް ވެހުރެ ލަދުވެތިވާ ޖެހޭ އަމަލެއްކަމަށެވެ.
"އިއްޔެ ހަމަ އެގޮތަށް ޕާޓީގެ އެހެން މެމްބަރުނަށް ވެސް ރައީސް ނަޝީދް ގޯނާ ކުރެއްވި މިއަދު އަޅުގަނޑު ސައިކޮޓަރީގައި އިންނަވަނި ކޮށް އައިސް ހަމަ އެގޮތަށް އަޅުގަނޑަށް ގޯނާ ކުރީ" ޓްވީޓުގައި ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ، ރައީސް ނަޝީދު ގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަހަޅައި ވޯޓު ހަމަ ވެފައިވާތީ އެކަން ހަޖަމް ނުކުރެވި، މަޖިލީހުގެ ތަޅުމުގައި އެހެން މެމްބަރުންނަށް އެކަމުގެ ރުޅިވެރިކަން ފާޅުކޮށް ގޯނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
https://twitter.com/roxeyna/status/1666341381349187584?s=48&t=W-Ms7MNeLsesbV_No22wYA
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެންބަރުން ސޮއި ކޮށްފައިވާ ގަރާރެއް ރައްޔިތުންގެ މަޖިލިހަށް މިއަަދު ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން އެމްޑިޕީއިން މިއަދު ހުށަހެޅި ގަރާރުގައި ބުނީ، ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފުވެވަޑިގެންފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
