މާލެ: 31°C
ސައްހަނޫން ޑޮލަރު ދައުރުވަމުންދާތީ ސަމާލުވާން އެދިއްޖެ

ސައްހަނޫން ޑޮލަރު ދައުރުވަމުންދާތީ ސަމާލުވާން އެދިއްޖެ

January 11, 2024
3 ފަހަރު ބަލާފައި
ސައްހަނޫން ޑޮލަރު ދައުރުވަމުންދާތީ ސަމާލުވާން އެދިއްޖެ
ސައްހަނޫން ޑޮލަރު ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. ފުލުހުން ބުނީ މިހާރަކަށް އައިސް 100، 50 އަދި 20 ގެ ޑޮލަރުގެ ފޭކް ނޫޓުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައި ކަމަށެވެ. އަދި އެފަދަ ޑޮލަރު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއް ވެސް ފުލުހުންނަށް ހުށަހެޅި، ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ފުލުހުން ބުނީ ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. "ސައްހަ ނޫން ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވައި، ޑޮލަރު މުއާމަލާތްކުރައްވާ އިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް އިލްތިމާސްކުރަން." ފުލުހުން ބުންޏެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ދާދި ފަހުން ޑޮލަރުގެ ފޭކް ނޫޓްތައް ދައުރުވާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ