މާލެ: 31°C

ސަފީރުންގެ ގެކޮޅު ކައިރީ އިހްތިޖާޖް ކުރާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި

ސަފީރުންގެ ގެކޮޅު ކައިރީ އިހްތިޖާޖް ކުރާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި
September 1, 2024
2 ފަހަރު ބަލާފައި
ސަފީރުންގެ ގެކޮޅު ކައިރީ އިހްތިޖާޖް ކުރާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި
ރާއްޖޭގައި އުޅުއްވާ ބޭރުގެ ސަފީރުނަންށް އުނދަގޫވާހެން އެ ފަރާތްތައް ދިރިއުޅުއްވާ ގޭގެ ކައިރީ ފަލަސްތީނު މައްސަލާގައި އިހްތިޖާޖް ކުރާ މައްސަލާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓް އަމުރެެއްގެދަށުން ހައްޔަރުކުރި 2 އަންހެނުންގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ. މުޒާހިރާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒުރާ އެވެ.

ފުލުހުން ބުނެފައިވަނީ އެ 2 މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށާއި އެ ސަރަހައްދުން ސުލްހަވެރިކަމާއެކު ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެހެންވެ، އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މީހުން އިޒްރޭލާ ދެކޮޅަށް އަޑުއުފުލާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ޝާދިޔާ އާއި ޝަޒުރާ ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ