މާލެ: 31°C
ޤަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީ ސަފީރުކަމަށް ތޯރިގް އިބްރާހިމް ޢައްޔަން ކޮށްފި

ޤަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީ ސަފީރުކަމަށް ތޯރިގް އިބްރާހިމް ޢައްޔަން ކޮށްފި

25 ޖޫން 2026
123 ފަހަރު ބަލާފައި
ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރައްވައިފި އެވެ.

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރައްވައިފި އެވެ.

ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވާފައިވަނީ މި ސަރުކާރުގެ ކުރީގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރ ރ. ފައިނު، ޗަމަން، އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މި ސަރުކާރުގެ ފުރަތަމަ އެންވާރަމަންޓް މިނިސްޓަރ ގ. ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމްއެވެ.

މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެރޔުއްވެވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ