މާލެ: 31°C

ސަފާރީން ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި

January 10, 2025
84 ފަހަރު ބަލާފައި
ސަފާރީން ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި
ސަފާރީން ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި
އދ. މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީން ކަނޑަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފިއެވެ.
އެންއެންޑީއެފް އިން ބުނީ، ސަފާރީން އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 07:50 އެހާކަން ހާ އިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ޑައިވަރުންގެ ޓީމަކާ އެކު ސަފާރީ އޮތް ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެގޮތުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމުން މިއަދު 13:30 އިން ފަށައިގެން މަސައްކަތްކުރަމުން ދަނިކޮށް، އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 69 މީޓަރު އަޑިން، މިއަދު 14:40 ހާއިރު ކަމަށާއި، އެ މީހާގެ ހަށިގަނޑު ލޯންޗަށް ނަގާފައިވަނީ 15:35 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ