މާލެ: 31°C

ސާންތީ ކޯޗު ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

March 23, 2025
146 ފަހަރު ބަލާފައި
ސާންތީ ކޯޗު ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ދިވެހި ފުޓްބޯޅައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ނިޔާވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ދިވެހި ފުޓްބޯޅައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ނިޔާވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކިން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ރާއްޖެ ފަހުރުވެރިވާ ހިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.

ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުހޫމްގެ ލޮބުވެތި އާއިލާއަށް އެމަނިކުފާނު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ސާންތީ ކޯޗު ނިޔާވީ ރޭގެ ވަގުތެއްގަ އެވެ. ނިޔާވިއިރު އުމުރަކީ 51 އަހަރެވެ.

ސާންތީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ.

ކްލަބް އީގަލްސްގެ ކޯޗުކަން ވެސް ކޮށްފައިވާ ސާންތީ ވަނީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް އަދާކޮށްފަ އެވެ.

މީގެއިތުރުން 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޝެފް ޑި މިޝަންގެ ގޮތުގައި ވެސް ސާންތި ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ