މާލެ: 31°C

ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އެންމެ މަތީ ދަރަޖަ ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޓްރޮފީ ޙަވާލުކޮށްދެއްވައިފި

ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އެންމެ މަތީ ދަރަޖަ ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޓްރޮފީ ޙަވާލުކޮށްދެއްވައިފި
May 19, 2023
2 ފަހަރު ބަލާފައި
ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އެންމެ މަތީ ދަރަޖަ ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޓްރޮފީ ޙަވާލުކޮށްދެއްވައިފި
ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވައިފިއެވެ. ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ، އަދި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ރެއާ މިރޭވެސް ވަނީ ދަރުބާރުގޭގައި ބާއްވާފައެވެ. މިރޭގެ ޖަލްސާގައިވެސް ރައީސް ސޯލިހާއި، މެޑަމް ފަޒްނާ އަޙުމަދާއި، ނައިބު ރައީސް ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭގެ ޖަލްސާގައި ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި 4 ދަރިވަރުންނަށާއި، 2021-2022 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދި 9 ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސް ސޯލިހްއެވެ. މިޖަލްސާގައި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި 16 ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2 ވަނަ އިން 10 ވަނަ އާ ދެމެދުގެ ވަނަތައް ހޯދި 3 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ މޭޑަމް ފަޒްނާ އެވެ. ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި 45 ދަރިވަރުންނަށް މިރޭގެ ޖަލްސާގައި އިނާމު ޙަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ. މިދިޔަ ދިރާސީ އަހަރު ޘާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ