
ސ. ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަނީ
ސ. ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަނީ
ލިޔުން:
ސި. ހިތަދޫގައި 200 ހައުސިން ޔުނިޓް "ޑިޒައިން އެންޑް ބިލްޑް" އުސޫލުން އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން "ޑިޒައިން އެންޑް ބިލްޑް" އުސޫލުން ސި. ހިތަދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން އެމިނިސްޓްރީއިން ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށައަޅާފައިވާ ބީލަންތައް ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލާކަމަށެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. މި ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ 9 މާރިޗު އިން 3 އޭޕްރިލް އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ. ރޯދަމަސްނަމަ ހެނދުމު 9:30 އިން 13:00 އަށެވެ. ފައިސާ ބަލައިގަންނާނީ އެމިނިސްޓްރީގެ އޮންލައިން ޕޭމެންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓްގެ ބޮޑްސެކިއުރިޓީގެ ގޮތުގައި 1،100،000ރ (އެއްމިލިއަން އެއްލައްކަ ރުފިޔާ) ހުށައަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމުގައި އެމިނިސްޓްރީއިން ބުނެފައިވެއެވެ.
މިމަސައްކަތާ ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި ފިނޭސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މި ޕްރޮޖެކްޓް އާއި ގުޅުންހުރި އެއްވެސް ސުވާލެއްވާނަމަ އީމެއިލް މެދުވެރިކޮށް 21 މާރިޗް ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކުރެއްވުމަށް އެމިނިސްޓްރީ އިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
