
ރުފިޔާގެ ނިޝާނާ އެކު 50 ރުފިޔާގެ އާ ނޫޓު އަންނަމަހު ނެރެނީ
ރުފިޔާގެ ނިޝާނާ އެކު 50 ރުފިޔާގެ އާ ނޫޓު އަންނަމަހު ނެރެނީ
ލިޔުން:
ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި 50 ރުފިޔާގެ އާ ނޫޓު އަންނަމަހު ނެރޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 13 ވަނަ ދުވަހު ތައާރަފުކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު ބާޒާރުގައި މިހާރު ދައުރުވާ ފައިސާގެ ތެރެއަށް އަންނަމަހު ނެރެން ނިންމާފައިވާ ކަަމަށެވެ. އަލަށްނެރޭ އެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުންނާނެ ކަމަށާއި ނިޝާން ޖަހާފައި ހުންނާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގަ އެވެ.
ފަންސާސް ރުފިޔާގެ އާ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެ އޮތޯރީޓިގެ މިހާރުގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ އެމްއެމްއޭގެ ގަަވަރުނަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރެއްވި ފުރަތަމަ ނޫޓެވެ. ރާއްޖޭގައި މިހާރު ބޭނުންކުރާ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.
އާ ނޫޓުގައި ޖެހި ތާރީހަކީ 08 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
