މާލެ: 31°C
އާރުޓީއެލް ފެރީއަށް އެރުވި ޕިއްޒާއެއް ފެރީގެ މުވައްޒަފުން ކާލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަނީ!

އާރުޓީއެލް ފެރީއަށް އެރުވި ޕިއްޒާއެއް ފެރީގެ މުވައްޒަފުން ކާލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަނީ!

May 21, 2024
3 ފަހަރު ބަލާފައި
އާރުޓީއެލް ފެރީއަށް އެރުވި ޕިއްޒާއެއް ފެރީގެ މުވައްޒަފުން ކާލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަނީ!
މިދިޔަ އަހަރުގެ ސެޕްޓެމްބަރ 17 ވަނަ ދުވަހު ގދ.ތިނަދޫއިން ގއ.ވިލިނގިއްޔަށް ދަތުރުކުރި ޕަސެންޖަރެއްގެ ދަބަހުގައި އޮތް ޕިއްޒާއެއް އެ ޕަސެންޖަރުގެ ހުއްދަނެތި އާރޓީއެލް ފެރީގެ މުވައްޒަފުން ކާލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ ބަލަންފަށައިފިއެވެ. މި ކަމާގުޅިގެން މިނިވަންއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި އެ މައްސަލައަކީ އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލސް އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަލަމުންގެންދާ މައްސައެއްކަމަށެވެ. އަދި ހުށަހަޅާފައިވާ މައްސަލާގައި އާރޓީއެލް ފެރީގެ މުވައްޒަފުން ޕިއްޒާ ކާލުމަށްފަހު އެ ޕަސިންޖަރުގެ އަނބިމީހާއަށް ފޯނުން ގުޅައި ހަޑިހުރުބަހުން މުޢާމަލާތްކޮށްފައިވާކަމަށްވެސް ބަޔާންކޮށްފައިވާކަމަށާއި އަދި އެކަން ހިނގާފާފައިވާގޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ އަށް ސާފުކޮސްދިނުމަށް އެމްޓީސީސީ ގައި މިހާރު އެދިފައިވާކަމަށްވެސް މައުލޫމާތު ދިނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ