މާލެ: 31°C
ރޯވި އިމާރާތް ސާފުކޮށް ނިންމާލައި، މަޖީދީ މަގު ހުޅުވާލާއިފި

ރޯވި އިމާރާތް ސާފުކޮށް ނިންމާލައި، މަޖީދީ މަގު ހުޅުވާލާއިފި

25 ޖަނަވަރީ 2025
332 ފަހަރު ބަލާފައި
މަޖީދީ މަގުގައި ހުރި ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަން ބައި ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ އިމާރާތް ސާފުކޮށް މަޖީދީ މަގުގެ ބަންދު ކުރި ސަރަހައްދު ހުޅުވައިފި އެވެ.

މަޖީދީ މަގުގައި ހުރި ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަން ބައި ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ އިމާރާތް ސާފުކޮށް މަޖީދީ މަގުގެ ބަންދު ކުރި ސަރަހައްދު ހުޅުވައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގުމުން އެ އިމާރާތް ވަނީ ތަޅާލާފަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު ޕަބްލިކް ވޯކްސް އިންނެވެ.

މިިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ޕޯސްކުރައްވަމުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ކެލާގޭގެ ތަޅާލަންޖެހޭ ބައިތަށް ތަޅައިލުމަށްފަހު، ކުނިތައް ނަގައި، އެ އިމާރާތް ސާފުކުރުމުގެ މަސައްކަތް ނިންމައިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި މަޖީދީމަގުން ބަންދުކޮށްފައިވާ ސަރަހައްދު މިހާރު ހުޅުވައިލައިފައިވާކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު އެވެ. އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ ފަތިހު 04:20 ހާއިރު އެވެ. ފަތިހު 05:27 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އެއްކޮށް ނިއްވާލެވިފައިވަނީ 06:00 ހާއިރު އެވެ.

މި ހާދިސާގައި ޖުމުލަ 33 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ