
ރޯވެ އަޑިއަށް ދިޔަ ބޯޓުން އޮޔާދާ ތަކެއްޗަށް ސަމާލުވުމަށް ކޯސްޓްގާރޑުން އިލްތިމާސްކޮށްފި
ރޯވެ އަޑިއަށް ދިޔަ ބޯޓުން އޮޔާދާ ތަކެއްޗަށް ސަމާލުވުމަށް ކޯސްޓްގާރޑުން އިލްތިމާސްކޮށްފި
ލިޔުން:
އައްޑު އާއި މާލެއާ ދެމެދު މުދާއުފުލާ އާގަލާ ބޯޓުގައި ރޯވެ އަޑިއަށް ދިއުމާ ގުޅިގެން އެބޯޓުން ތަކެތި އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާރޑުން އެދިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާއި ގުޅިގެން ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގަނޑަށް ލިބިފައިވާ ކަމަށެވެ. އަދި އެ ތަކެތި އޮޔާ ދަނީ މ. އަތޮޅު ކައިރިން އުތުރަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެެވެ.
އެހެން ކަމުން ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
ރޭ ދަންވަރު 02:47 ގައި މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރުގައި ބޯޓުގައި ތިބީ 15 މީހުންނެވެ. އޭގެ ތެރެއިން 14 މީހުން އެމްއެންޑީއެފު ވަނީ ސަލާމަތް ކޮށްފައެވެ. މީގެ ތެރެއިން ފަޅުވެރި ބިދޭސީއަކު ގެއްލިގެން ދަނީ ހޯދަމުން ނެވެ. ގެއްލިގެން ހޯދަމުންދަނީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެކެވެ.
އެ ހާދިސާގައި ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުންދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
