މާލެ: 31°C

ރޯދަ ސާފު ޕްރޮގްރާމް: މިނިސްޓަރު ގޮވާލެއްވީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށް

February 15, 2025
92 ފަހަރު ބަލާފައި
ރޯދަ ސާފު ޕްރޮގްރާމް: މިނިސްޓަރު ގޮވާލެއްވީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށް
ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ކުނި އުކާލުމުގައި ރަނގަޅު އުސޫލުތަކަށް ޢަމަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްދިޔަ "ރޯދަ ސާފު" ޙަރަކާތާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި، މާލޭގެ އިތުރުން އަތޮޅުތެރޭގެ ޕަބްލިކް ވާކްސް ޔުނިޓުތަކާއި ބައެއް ރަށު ކައުންސިލްތަކުން ވެސް މި ޙަރަކާތުގައި ވަރަށް ފޯރީގައި ބައިވެރި ވަމުންދެ އެވެ.

"ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި، ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަޅުގަނޑުމެން އަށަގަންނަވަން ޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

"ރޯދަ ސާފު" ޙަރަކާތަކީ ރަމަޟާން މަހާ ގުޅުވައިގެން ކުރިއަށްގެންދާ ޚާއްޞަ ސާފުކުރުމުގެ މަސައްކަތެކެވެ. މި ޙަރަކާތުގައި ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ އިތުރުން ދިވެހިބަހާއި ސަޤާފަތާބެހޭ ވުޒާރާއިން ވެސް ބައިވެރިވެފައިވެއެވެ. އަދި ވަރަށް ގިނަ ޢަދަދެއްގެ ދައުލަތުގެ މުއައްސަސާތަކުން މި ޙަރަކާތުގައި ބައިވެރިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރަމަޟާން މަހާ ދިމާކޮށް ގޯތިގެދޮރު ސާފުކޮށް އާބާތުރަފިލުވުމަކީ އެވޭލާ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އަދި މިއީ ދިވެހި ސަޤާފަތުގެ ރީތި އާދައެއް ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރޯދަ ސާފު" ޙަރަކާތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި މުޖުތަމަޢުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ