މާލެ: 31°C
ރޯދަމަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް ކަމުގައި ކަނޑައަޅައިފި

ރޯދަމަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް ކަމުގައި ކަނޑައަޅައިފި

February 26, 2024
4 ފަހަރު ބަލާފައި
ރޯދަމަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް ކަމުގައި ކަނޑައަޅައިފި
މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ. ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައި މާޗް 6، 2022 ގައި އެކަމާބެހޭ ދެންނެވުމެއް ވަނީ ނެރެފައެވެ. އެގޮތުން، ރައީސް އޮފީހުން ވަނީ ރޯދަ މަހުގެ ދުވަސްތަކުގައި ކަނޑައަޅާފައިވާ ރަސްމީ ވަގުތުގެ ތެރޭގައި މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަށް އަންގާފައެވެ. ރައީސް އޮފީހުން ރޯދަ މަހު ސަރުކާރުގެ އޮފިސްތައް ހުޅުވާ ގަޑި އިއުލާން ކޮށްފައިވާއިރު، މި ސަރުކާރުން ވަނީ ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ކަނޑައަޅައިފައެވެ. ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ 11 ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ