- އާދައިގެ ހަނޑޫ- 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ- 70 ރުފިޔާ
- ރަތް ހަނޑޫ- 80 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ) – 70 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ
- އާދައިގެ ފުށް – 10 ރުފިޔާ
- އާޓާ ފުށް – 75 ރުފިޔާ

ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިއްޖެ
ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިއްޖެ
ލިޔުން:
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަހުން ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މިއީ މިދިޔަ ފަސްއަހަރު ދުވަހާ އަޅާބަލާއިރު، މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޒަކާތް ބަލައި ގަނެވުނު ފަހަރު ކަމަށެވެ.
މިދިޔަ ފަސް އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޒަކާތުގެ ގޮތުގައި ބަލައިގަނެވުނު ފައިސާ:
• 1441 ވަނަ އަހަރު: 1.53 މިލިއަން ރުފިޔާ
• 1442 ވަނަ އަހަރު: 9 ލައްކަ ރުފިޔާ
• 1443 ވަނަ އަހަރު: 1.09 މިލިއަން ރުފިޔާ
• 1444 ވަނަ އަހަރު: 1.39 މިލިއަން ރުފިޔާ
• 1445 ވަނަ އަހަރު: 1.59 މިލިއަން ރުފިޔާ
https://twitter.com/MVIaffairs/status/1773508666999939093
ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަސް ނިމުނުއިރު، 38،681 މީހަކު ވަނީ ޒަކާތް ދައްކާފައެވެ. މިފަހަރު އަދި މިހާތަނަށް އެންމެގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ. އާދައިގެ ހަނޑުލުން 22،759 މީހަކު ޒަކާތް ދައްކާފައިވާއިރު، 5,208 މީހަކު ވަނީ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައެވެ.
ފިތުރު ޒަކާތް، ދިރާގް، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހިޕޭ އަދި ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުނ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމަޔަށް ޒަކާތް ދެއްކޭނެއެވެ.
އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިނުކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލްގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައެވެ.
ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
