މާލެ: 31°C
ރޯދަމަހުގެ ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު

ރޯދަމަހުގެ ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު

February 27, 2024
4 ފަހަރު ބަލާފައި
ރޯދަމަހުގެ ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު
ރޯދަ މަހުގެ ފަހު 10 ގައި އައިޑީކާޑު ދޫކުރާނީ ތިން ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ. ޑީއެންއާރްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހު ރަސްމީ ދުވަސްތަކުގައި އައިޑީ ކާޑު ދޫކުރާނީ ހެނދުނު 09:15 އިން 11:30 އަށް ކަމަށާއި ކޮންމެ ދުވަހަކަށްވެސް ދޫކުރާނީ 150 ނަންބަރު ކަމަށެވެ. އަދި ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ކިއުބީން ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން، ފަހު ދިހައިގައި އައިޑީ ކާޑު ދޫކުރާން ނިންމާފައިވަނީ އޭޕްރީލް 1، 3 އަދި 8 ވަނަ ދުވަހު އެކަންޏެވެ. މިގޮތަށް ހަމަޖައްސާފައިމިވަނީ މި އަހަރުގެ ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާތީއެވެ. ޑީއެންއާރްއިން އިތުރަށް ބުނެފައިވަނީ އައިޑީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ. އަދި މި ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ޑީއެންއާރްގެ ނަންބަރު 7280368 އަށް ގުޅުމުން ހިދުމަތް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ 11 ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ