
ރޯދަމަހު ސްކޫލް ކުދިންނަށް ހާއްސަ ބަސް ދަތުރުތަކެއް
ރޯދަމަހު ސްކޫލް ކުދިންނަށް ހާއްސަ ބަސް ދަތުރުތަކެއް
ލިޔުން:
މި ރޯދަމަހު ސްކޫލް ކުދިންނަށް ހާއްސަކޮށް ބަސްދަތުރުތަކެއް ފަށައިފިއެވެ.
އެމްޓީސީސީ އިން ބުނީ R6 ގެ ބަސްދަތުރުތައް އޮންނާނީ ހުޅުމާލެ ފޭސް 2 އަކުން ފޭސް 1 އަށް އަދި މާލޭގެ ހުރިހާ ބަސް ސްޓޮޕްތަކަކަށް މަޑު ކުރާނެ ކަމަށެވެ. އަދި މިބަސް ތަކުގެ ހިދުމަތް 3 އޭޕްރިލް އިން ފެށިގެން ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ސްކޫލް ކުދިންނަށް ހާއްސް މިބަސްތައް ދަތުރު ފަށާނީ ރޯދަމަހު ބަންދު ނޫން ކޮށްމެ ދުވަހަކު ހެނދުނު 08:05 ގައި ހިޔާ ބަސް ސްޓޮޕުން ނެވެ. އެ ބަސްތަކަށް އެރޭނީ އެމްޓީސީސީން ބުނި ގޮތުގައިސްކޫލް ކުދިންނާއި އެއް ބެލެނެވެރިއަކަށެވެ. އަދި ހަމަ ހުޅުމާޅެ ފޭސް އެއަކަށް މަޑުކުރަން ހަމަޖެހިފައިވާ ބަސްތައް މަޑު ކުރާނީ ސިންތެޓިކް ޓްރެކް ސްޓޮޕާއި އަމިން އެވެނިއު ސްޓޮޕާއި އަދި ފްލެޓް 120 ސްޓޮޕަށް އެކަނި ކަމަށްވެސް އެއްޓީސީސީއިން ބުނެއެވެ.
ރޯދަމަހާ ދިމާކޮށް ބަހުގެ ހިދުމަތް ބޭނުން ކުރާ މިންވަރު ވަނީ އެތައްތަނަކުން އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެމްޓީސީސީ ބަހުގެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު ގާތްތަނޑަކަށް ފަންސަވީސްހާހަށް އަރާފައިވާ ކަމަށް ލަފާކުރެވެއެވެ. އެމްޓީސީސީއިން މާލެ ހުޅުމާލެ އަދި މީގެ އިތުރުން ވިލިމާލޭގައިވެސް ބަހުގެ ހިދުމަތް ދެމުންގެންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
