
ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި
ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި
ލިޔުން:
މިއަހަރުގެ ރޯދަމަހާއި ހަރޯދަ ހިފާ ދުވަސްތަކުގައި (ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު) ކައިވެނިކޮށްދިނުމުގެ ގަޑިތައް ފެމިލީ ކޯޓުން ކަނޑައަޅައި އާއްމުކޮށްފި އެވެ.
ފެމިލީ ކޯޓުން ކުރި އިއުލާނެއްގައިވާ ގޮތުން ކޯޓުގައި ކައިވެނި ކުރާނަމަ ރޯދަ މަހު ކައިވެނިތައް ކޮށްދޭނެ ރަސްމީ ގަޑިއަކީ ހެނދުނު 9:30 އިން 12:30 އަށެވެ. އަދި ނުރަސްމީގަޑި އަކީ ރޭގަނޑު 21:30 އިން 23:00 އަށެވެ.
ރޯދަމަހު ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް ވެސް ފެމިލީ ކޯޓުގެ އިއުލާނުގައި ބުންޏެވެ.
ރަމަޟާން މަހު ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހެއްގެ ރޭ 9:30 އިން 11:30 ށް ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް އެކޯޓުން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނެ ކަމަަށް ބެލެވެނީ މާޗް 23 ވާ ބުރާސްފަތި ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
