މާލެ: 31°C
ރޯދަމަހަށް ހުޅުމާލެ ފޭސް ދޭއްގައި އެޅި، ވަގުތީ މިސްކިތުގައި ނަމާދުކުރަން ފަށައިފި

ރޯދަމަހަށް ހުޅުމާލެ ފޭސް ދޭއްގައި އެޅި، ވަގުތީ މިސްކިތުގައި ނަމާދުކުރަން ފަށައިފި

March 7, 2024
3 ފަހަރު ބަލާފައި
ރޯދަމަހަށް ހުޅުމާލެ ފޭސް ދޭއްގައި އެޅި، ވަގުތީ މިސްކިތުގައި ނަމާދުކުރަން ފަށައިފި
ކުރިއަށްއޮތް ރަމަޟާންމަހަށް ހާއްސަކޮށް ހުޅުމާލޭ ފޭސް ދޭއްގެ ކުޑަކުދިންގެ ޕާކް ކައިރީ އެޅި ވަގުތީ މިސްކިތުގެ މަސައްކަތް ނިންމައި މިއަދު އެ މިސްކިތުގައި ނަމާދުކުރަން ފަށައިފިއެވެ. އެންމެ ފުރަތަމަ އެ މިސްކިތުގައި މިއަދު ކޮށްފައިވަނީ އަސުރު ނަމާދެވެ. މި މިސްކިތައް ދީފައިވާ ނަމަކީ މަސްޖިދުލް ޝާކިރީން އެވެ. އެޗްޑީސީން ބުނީ މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މި ކުންފުނިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުއެއް ކަމަށެވެ. އެޗްޑީސީން މި މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ މެދެއްހާ ތަނުގައެވެ. މިއީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ރަމަޟާންމަހު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް އެޗްޑީސީން ދެކެއެވެ. https://twitter.com/hdcmaldives/status/1765713197724524944 މި މިސްކިތް އަޅާފައިވަނީ އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށެވެ. ހުޅުމާލޭ ފޭސް ދޭއްގައި ނަމާދުކުރުމަށް ދެ މިސްކިތް ހުންނައިރު، މީގެ ތެރެއިން އެއް މިސްކިތަކީ ވަގުތީ މިސްކިތެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރުވެސް ދެ މިސްކިތެއް އިމާރާތްކުރަމުން އެބަދެއެވެ. އޭގެ ތެރެއިން އެއް މިސްކިތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ރަމަޟާން މަހަކީ އާއްމުގޮތެއްގައި މިސްކިތްތަކަށް ބާރުބޮޑުވާ މައްސަރެކެވެ. ރަމަޟާންމަހު ގިނަ ވަގުތު މީހުން އަޅުކަމުގައި މިސްކިތްތަކުގައި ހޭދަކުރެއެވެ. އެންމެ ފުރަތަމަ ހުޅުމާލޭގައި މީހުން އުޅެންފެށިއިރު، ފުރަތަމަ ފިޔަވަހީގައި އެޅި ވަގުތީ މިސްކިތް އަދިވެސް ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ